އިންޑިއާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކުޅަދާނަ އެކްޓަރު އަކްޝޭ ކުމާރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
އަކްޝޭގެ ޓްވިޓާ އެކައުންޓު މެދުވެރިކޮށް، އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކޮށްފައިވާއިރު، އޭނާ ބަލިވުމުގެ ކުރިން ދިޔައީ އިންޑިއާގެ ކޭންސް ފިލްމް ފެސްޓިވަލްގައި ބައިވެރިވާން ތައްޔާރުވަމުންނެވެ.
އެހެން ނަމަވެސް އެ ފެސްޓިވަލްގައި އަކްޝޭއަށް ބައިވެރި ނުވެވޭވެކަން ހާމަކޮށް އޭނާ ވަނީ ފެސްޓިވަލްގައި ބައިވެރިވާ އޭނާ ޓީމުގެ އެހެން ބައިވެރީންނަށް އަމާން ދަތުރަކަށް އެދިފަ އެވެ.
އަކްޝޭގެ އިތުރުން އެ ފެސްޓިވަލްގައި އިންޑިއާގެ މަޝްހޫރު އާޓިސްޓުން ބައިވެރިވެ އެވެ.
އޭގެ ތެރޭގައި އޭއާރް ރެހްމާން އާއި އާރް މާދަވަން އާއި ނަވާޒުއްދީން ސިއްދީގީގެ އިތުރުން ޕްރަސޫން ޖޯޝީ އާއި ޝޭކަރް ކަޕޫރް އަދި ތަމައްނާ ބާޓިއާ ހިމެނެ އެވެ.
އަކްޝޭއަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ކާމިޔާބު ފިލްމުތަކެއް ކުޅެދީފައިވާ ފަންނާނެކެވެ.

އެޕްސްޓީން އާި ގާތް ގުޅުން އޮތް މެންޑެލްސަން ހައްޔަރުކޮށްފި
ސުވާލާއި ޖަވާބު: ކުޑަކުދިން ރޯދަ ހިފަން ޖެހެނީ ކޮން އުމުރެއްގައި؟
ސަރުކާރުން ކުރާ ހަރަދުގެ މައުލޫމާތު އާންމުނުކުރާ މައްސަލަ ބޮޑު
