ބޮލީވުޑްގެ އެންމެ މަގުބޫލު ބަތަލާއިންގެ ތެރޭގައި ހިމެނޭ މަދޫރީ ޑިކްސިޓްގެ އަޑުން ކިޔާފައިވާ އާ ލަވައެއް ނެރެފި އެވެ.
މިފަހަރު މަދޫރީ ކިޔާފައިވަނީ "ތޫ ހޭ މޭރާ" ނަމަކަށް ކިޔާ ލަވައެކެވެ.
"ތޫ ހޭ މޭރާ" ލަވަ ކިޔުމުގެ އިތުރުން މަދޫރީ ވަނީ މި ލަވައިގެ ޅެމުގެ ހެދުމުގައި ވެސް ބައިވެރިވެފަ އެވެ. މަދޫރީއާއެކު މި ލަވައިގެން ޅެން ހަދާފައި ވަނީ ރާޖާ ކުމާރީ އެވެ.
ބޮލީވުޑްގައި 90 ގެ އަހަރުތަކުގައި އެންމެ ކާމިޔާބު ބަތަލާއިން ތެރޭގައި ހިމެނޭ މަދޫރީ އާ ލަވައެއް ނެރުނު އިރު މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އޭނާ "ކެންޑްލް" ގެ ނަމުގައި ވެސް ލަވައެއް ނެރެފަ އެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 55 އަހަރުގެ މަދޫރީ އެންމެ ފަހުން ފެނިފައި ވަނީ ފެބްރުއަރީގައި ނެޓްފްލިކްސް އިން ޕްރީމިއާކުރާ ވެބް ސީރީޒް "ދަ ފޭމް ގޭމް" އިންނެވެ.
އިޒްރޭލް-އެމެރިކާއާ ދެކޮޅަށް އިރާގުން ހަނގުރާމަ އިއުލާނު ކޮށްފި
އައިޝްވާރްޔާއާ ދިމާއަށް "ޕްލާސްޓިކް"އޭ ބުނުމުން ވީ ކިހިނެއް؟
މުއިއްޒުގެ ދިފާއުގައި މީޑިއާ ކޮންޓްރޯލް ކޮމިޝަން ތެދުވެއްޖެ