ފަހަކަށް އައިސް އިންޑިއާގައި ގިނަ ބައެއްގެ މަގުބޫލުކަން ބޮލީވުޑުން ގެއްލިފައިވާއިރު، ސައުތު އިންޑިއާގެ ފިލްމުތަކަށް ވަނީ ބޮޑު ތަރުހީބެއް ލިބެން ފަށާފަ އެވެ.

ހަމަ އެހެންމެ ސައުތު އިންޑިއާގައި ފިލްމު ކުޅޭ ފަންނާނުންނަށް ވެސް ލިބޭ މަޝްހޫރުކަން ދަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި ބަތަލާއިންގެ ރޯލު ހިމެނޭއިރު، އިންޑަސްޓްރީގައި މަގުބޫލުކަން ހޯދާފައިވާ ފަންނާނުންގެ ލިސްޓުގައި ސެމެންތާ އެކްނެނީ ވެސް ހިމެނެ އެވެ.

ނަމަވެސް އޭނާއަށް އެ މަގާމާ ހަމައަށް ވާސިލްވުމުގެ ފަހަތުގައިވާ ސިއްރަކީ އޭނާ އިންޑަސްޓްރީގައި އިތުރަށް ކުރިއަށް ދިއުމަށް ހެދި ސާޖަރީ އެވެ. ސެމެންތާގެ ކުރީގެ ފިލްމުތަކާއި މިހާރުގެ ފިލްމުތަކާއި އަޅުވާކިޔާއިރު، އޭނާ މޫނުމަތިން ބޮޑު ފަރަގެއް ފެނުނު ނަމަވެސް، އޭނާ ސާޖަރީ ހެދި ފަހުން އިތުރަށް ރީތިކަމަށް ދައްކާކަމަށް ފޭނުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ސެމެންތާއަށް ގިނަ ފިލްމުތައް ކުޅެން ފުރުސަތު ލިބެން ފެށީ ސާޖަރީ ހެދި ފަހުން ކަމުގައި އިންޑިއާގެ ރިޕޯޓުތަކުން ހާމަކުރެ އެވެ.

ފޭނުންނަށް ސެމެންތާގެ އެންމެ ކަމުގޮސްފައިވަނީ އޭނާގެ ހިނިތުންވުމެވެ. އެގޮތުން އޭނާގެ ހިނިތުންވުމުގައި ހިތް ތިރިކަމާއި ހިތް ހެޔޮކަމުގެ އިތުރުން މައުސޫމުކަމެއް އެކުލެވިގެންވާ ކަމަށް ފޭނުން ބުނެފައިވެ އެވެ.