ރާއްޖެ އަކީ މިހާރު ކުޑަވަރެއްގެ ބޮލީވުޑެކޭ ބުނެވިދާނެ އެވެ. ކޮވިޑް-19އާ ގުޅިގެން ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށް ފަހު ރާއްޖެއަށް ފަތުރުވެރިން އަންނަން ފަށާފައިވާ އިރު އޭގެ ތެރޭގައި ބޮލީވުޑްގެ ފަންނާނުން ގިނަ އަދަދަކަށް ހިމެނެ އެވެ. މިގޮތުން ޓައިގާ ޝްރޮފް، ޑިޝާ ޕަޓާނީ، ވަރުން ދަވަން، ނޭހާ ދުޕިއާ، ތާރާ ސުޓާރިއާ، އާދަރް ޖެއިން، ކެޓްރީނާ ކައިފް، ރިތިކް ރޯޝަން އަދި ތާފްސީ ޕަންނޫ ހިމެނެ އެވެ.

މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ބޮލީވުޑްގެ ފަންނާނުންގެ ލިސްޓާ އެންމެ ފަހުން މި ގުޅުނީ ރާކުލް ޕްރީތް ސިންގެވެ. އޭނާގެ އާއިލާއާއެކު ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސްފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ.

https://www.instagram.com/p/CHxbrKcBAbn/?utm_source=ig_embed

ދާދިފަހުން ބޮލީވިޑް ގުގުމާލި ބޮޑު ޑްރަގް މައްސަލަގަނޑޫގެ ތެރޭގައި އެ ގައުމުގެ ނާކޮޓިކްސް ބިއުރޯއިން ސުވާލުކުރި މީހުންގެ ތެރޭގައި ރާކުލް ހިމެނެ އެވެ.

ރާކުލް އާއި އޭނާގެ އާއިލާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ލަކްސް ސައުތް އަރި ރިސޯޓުގަ އެވެ.