އެމެރިކާގެ ފައިޒާ އިންކޯޕަރޭޓެޑް އިން ކޮވިޑަށް އުފެއްދި ވެކްސިން އިމަޖެންސީގައި ބޭނުންކުރުމުގެ ހުއްދަ އެދި އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އަށް މިއަދު ހުށަހަޅައިފި އެވެ.

ވެކްސިން ދޭން ފެށުމުގެ އިމަޖެންސީ ހުއްދަ ހޯދަން މިއަދު ހުށައަޅާއިރު މިކަން އިއުލާނުކޮށްފައި ވަނީ ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތް އެންޑް ހިއުމަން ސާވިސް ސެކްރެޓަރީ އެލެކްސް އަޒަރް އެވެ.

އޭނާ ވިދާޅުވީ ފައިޒާގެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ކުރިޔަށް އޮތް ހަފުތާތަކުގައި ލިބޭނެ ކަމަށެވެ.

މިދިޔަ ބުދަ ދުވަހު އާންމު ކުރި ވެކްސިންގެ ފުރަތަމަ ޑޭޓާ ތަކުން ދައްކާ ގޮތުގައި މި ވެކްސިން 95 އިންސައްތަ ކާމިޔާބެވެ.

އެމެރިކާގެ ގަޔަށް އަރަށް ބަލިތަކުގެ ޑިޕާޓްމަންޓްގެ ވެރިޔާ ޑރ. އެންތަނީ ފައުޗީ ވިދާޅުވިގޮތުގައި ވެކްސިން ލިބުމުން ބަލިން އެއްކޮށް ސަލާމަތްވީ ނޫން ކަމަށާއި އަދިވެސް ރައްކާތެރިވާން ޖެހޭ ކަމަށެވެ. -ޑެއިލީމެއިލް