ހުޅުމާލޭގައި ހުންނަ ހިޔާ ފްލެޓްތަކުގެ އެތެރޭގައި އިރުއޮއްސުމަށް ފަހު އަޑުގަދަވާ ގޮތަށް މަސައްކަތް ކުރުން މަނާކޮށްފި އެވެ.
އެޗްޑީސީން ހިޔާ ފްލެޓްތަކުގެ އެތެރޭގައި މަސައްކަތްކުރުން މަނާކޮށްފައި ވަނީ އިރުއޮއްސި 6 ޖެހުމަށް ފަހު އެވެ.
އެ ކުންފުނިން އިއްޔެ ނެރުނު އިއުލާނެއްގައި ވަނީ ހިޔާ ފްލެޓްތަކުގައި ގިނަ ބަޔަކު ދިރިއުޅޭކަން ފާހަގަކޮށް، ފްލެޓްތަކުގެ އެތެރޭގައި މަސައްކަތް ކުރާ ގަޑިތަކަށް ބަދަލު ގެނައުމަށް ނިންމާފަ އެވެ.
އެގޮތުން އިރުއޮއްސި 6 އިން ފެށިގެން ހެނދުނު 8 އާ ދެމެދު އަޑުގަދަވާ ޒާތުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާކަމެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އެކަމަށް ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ސަމާލުވުމަށް އެ ކުންފުނިން ވަނީ ނަސޭހަތްތެރިވެފަ އެވެ.
އެޗްޑީސީން އިތުރަށް ބުނީ ހިޔާ ފްލެޓްތަކުގައި މަސައްކަތްކުރާ ވަގުތު، އަވަށްޓެރި ފްލެޓްތަކަށް އުނދަގޫ ނުވާނެ ގޮތަކަށް މަސައްކަތް ކުރުމަށް އިސްކަމެއް ދޭންވާނެ ކަމަށެވެ.
އަލަށް އާބާދުވާން ފަށާފައިވާ ހިޔާ ފްލެޓްތައް އާންމުންނާއި ހަވާލުކޮށްފައިވަނީ ފިނިޝިންގެ މަސައްކަތްތައް ނުނިންމަ އެވެ. އަދި ފްލެޓްތަކުގެ މީހުން ދަނީ އަދިވެސް އެ މަސައްކަތް ކުރަމުންނެވެ.
ދޯންޏެއް އަޑިއަށް ގޮސް ސިފައިންގެ މީހަކާއި ފުލުހަކު ގެއްލިއްޖެ
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!
އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑު ކުރަން 7 އުސޫލެއް!
