ދިވެހި ފިލްމީ ދާއިރާ ކުލަވަރު ބަދަލުކޮށްލި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ އައި ފިލްމްސްއާ ގުޅިގެން ޝައުގުވެރި އުފެއްދުންތަކެއް ގެނެސްދެމުން އަންނަ ޕްރޮޑިއުސަރު އާސިމް އަލީގެ ކަޒްމިކް އިންޓަނޭޝަނަލްގެ ތައްގަނޑުގައި މިހާރު ޑިއާނެޓްގެ ވީޑިއޯ ކްލަބުން ދައްކަމުން އަންނަ "ދަރަކަ" އަކީ ބެލުންތެރިގެ މެދުގައި އެންމެ މަގުބޫލު އެއް ޑްރާމާ ސިލްސިލާ އެވެ.

ރާއްޖޭގައި އިތުރުވަމުން އަންނަ ކުށްތަކާއި ސިޔާސީ މީހުންގެ ނުފޫޒު ކުށުގެ ވެށީގައި މޫލާފައި އޮތް މިންވަރު ދައްކުވައިދޭ "ކްރައިމް" ސީރީޒް ލިޔެ ޑައިރެކްޓްކޮށްފައިވަނީ އަޒްހާން އިބްރާހިމެވެ.

މި ޑްރާމާގެ ލީޑު ތަރިންގެ ތެރޭގައި އިފްނާޒް، ވާޝިޔާ، ސޫޒަން އިބްރާހިމް، ނަތާޝާ ޖަލީލު ފަދަ ތަރިން ހިމެނެ އެވެ.

މީގެ ކުރިން ވެސް އިޖުތިމާއީ މައްސަލަތަކަށް ފިލްމީ މަސައްކަތްތަކެއް ކޮށްފައިވާ ކާމިޔާބު ޕްރޮޑަކްޝަން ހައުސްގެ މި ސީރީޒްގައި ފެންނާނީ، މަޖިލިސް މެންބަރެއްގެ އަންހެން ދަރިއަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރާ މަސައްކަތެވެ. އަދި ގެއްލިގެން އުޅޭ އަންހެން ކުއްޖާ ހޯދުމަށް މައުލޫމާތުތައް އެއްކުރަމުން ޖަވާބުތައް ހޯދަމުން އަންނަ އިރު އޭނާ އަށް އަންނަ ފިއްތުންތަކާ އެކަންތައްތަކުގެ ތެރޭގައި ދިމާވާ ގޮންޖެހުން ތަކެވެ.

ކޮންމެ އެޕިސޯޑެއް ބޮޑު ސަސްޕެންސެއްގެ ތެރޭގައި ހިފަހައްޓާލާފައިވާ މި ސީރީޒަށް ބެލުންތެރިން އަންނަނީ ތައުރީފުކުރަމުންނެވެ.

މިހާތަނަށް ދައްކާފައިވާ 7 އެޕިސޯޑް ވެސް ބަލައިލެވުނީ ނޭވާ ހިފަހައްޓާލައިގެން ހުރެ އެވެ. ހުރިހާ އެޕިސޯޑެއް ބަލައި ނިންމާލެވުނުއިރު އަދިވެސް މިވަނީ ނިޝާގެ ގާތިލާމެދު ބެލުންތެރިންނަށް ޝައްކެއް ވެސް ކޮށްނުލެވާހާ މޮޅަށް މީގެ ވާހަކައާއި ޑައިރެކްޝަން ގެނެސްދީފަ އެވެ.

މިހާރު މީޑިއާނެޓުން ވަނީ މިޑްރާމާގެ އެންމެ ފަހު އެޕިސޯޓްގެ ޓްރެއިލާ އާންމުކޮށްފައިވާއިރު ނިޝާގެ ފުރާނަނެތް ހަށިގަނޑު ހުޅުމާލޭ އިމާރެއްގެ ތެރެއިން ފެނިއްދެ އެވެ. ނިޝާގެ ހަށިގަނޑު ފެނުނީ އެހިސާބުގައި އުޅުނު ކުޑަކުދިންތަކަކަށްވެސް އެޓްރެއިލާއިން އެނގިގެންދެ އެވެ.