އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ހީނާ ހާން ބޮލީވުޑަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ސްޓާ ޕްލަސްއިން ދެއްކި ސިލްސިލާ "ޔެ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި އަކްޝަރާގެ ރޯލް ކުޅެގެން މަޝްހޫރުކަން ހޯދި ހީނާ ބުނީ އިންޑިއާގެ ފިލްމީ އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުން އެހެން މީހުންނާމެދުގައި ދެކޭ ގޮތްވެސް ވަރަށް ތަފާތު ކަމަށެވެ. ބޮލީވުޑްގައި ހުނަރު ހުރި މީހުންނަށް ފުރުސަތު ދިނުމުގެ ބަދަލުގައި ރަހުމަތްތެރިނަށް ފުރުސަތު ލިބިގެންދާ ކަމަށްވެސް ހީނާ ވަނީ ބުނެފަ އެވެ. އަދި ހީނާ ބުނެފައިވަނީ ބޮލީވުޑަށް ބަދަލުވާން 50 އަހަރަށްވުރެންވެސް ގިނަ ދުވަސް ނަގާފާނެ ކަމަށްވެ.

https://www.instagram.com/p/CdtQF7XIlA6/

"ކޭންސް 2022" ރެޑް ކާޕެޓް ފެޝަންސޯ ނިންމުމަށްފު އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ފާޑުކީ ނަމަވެސް އޭނާ ވަނީ އެނާ ދެން ކުޅެން އޮތް ފިލްމުގެ ޕްރޮމޯޝަން ހިންގާފައެވެ. "ކަންޓްރީ އޮފް ބްލައިންޑް" އަކީ ހީނާ ދެން ކުޅެން އޮތް ފިލްމެވެ. މިއީ ފްރާންސްގެ ފިލްމެއް އޭނާ ކުޅޭ ދެ ވަނަ ފަހަރެވެ.

https://www.instagram.com/p/Cd22ybIIf8B/

ހީނާ އެންމެ ފަހުން މަސައްކަތްކުރި ޓީވީ ޝޯއަކީ ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައެވެ. ކޮމޮލިކާގެ ރޯލުގައި މަސައްކަތްކޮށް ވެސް ގިނަ ބައެއްގެ ލޯތްބާއި ތަރުހީބު ހޯދި އެވެ. އެކަމަކު ބޮލީވުޑުގައި މަސައްކަތް ކުރަން އެ ޝޯ، އޭނާ ދޫކޮށްލިއިރު އޭނާގެ ފުރަތަމަ ފިލްމު، އަކީ "ހެކްޑް" އެވެ.

ކަލާޒުން ގެނެސް ދިން ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 11 ވަނަ ސީޒަނުގައި ވާދަ ކުރި ފަހުން، ގިނަ ހުށަހެޅުންތަކެއް ލިބިގެންގޮސްފައިވާއިރު ކުރު ފިލްމަކާއި ވީޑިއޯ ލަވައެއްގައި ވެސް ހީނާ ވަނީ މަސައްކަތްކޮށްފަ އެވެ.