މަނީ ލޯންޑްރިންގެ ބޮޑު މައްސަލައަކާ ގުޅިގެން އިންޑިއާއިން ބޭރަށް ދިއުން މަނާކޮށްފައިވާ ބޮލީވުޑްގެ ބަތަލާ ޖެކްލިން ފެނަންޑޭޒް އަށް އެގައުމުން ބޭރަށް ދިއުމުގެ ހުއްދަ ކޯޓުން ދީފި އެވެ.

ޖެކްލީން އަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލަ އަކީ އޭނާ ލޯބީގެ ގުޅުމެއް ބާއްވަމުން އައި ކަމަށް ބުނާ ސުކޭޝް ޗަންދުރަސޭކަރު އަޑީގައި ހުރެގެން ހިންގާފައިވާ ކަމަށް ބުނާ 200 ކްރޯޑް ރުޕީސްގެ މައްސަލައެކެވެ.

އޭނަގެ އަތުން ޖެކްލީން އަށް ހަދިޔާގެ ގޮތުގައި 10 ކްރޯޑް ރުޕީސްގެ ތަކެތި ލިބިފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވާއިރު، ދެ މީހުން އެކީގައި ނަގާފައިވާ ގައިގޯޅި ފޮޓޯތަކެއް ވެސް މިދިޔަ އަހަރު ވަނީ ލީކްވެފައިވެ އެވެ. ޖެކްލިން އަށް ލިބުނު ކަމަށް ބުނާ ތަކެތީގެ ތެރޭގައި އަގު ބޮޑު އަހާއި ކާރު ހިމެނެ އެވެ.

އެންފޯސްމަންޓް ޑިރެކްޓަރޭޓް (އީޑީ) އިން ވަނީ ޗަންދުރަޝޭކަރް އާ ރައްޓެހިވެގެން އުޅުނު ކަމަށް ބުނާ މައްސަލަ ފެންމަތިވުމާ ގުޅިގެން ޖެކޮލިން އާ އެތައް ފަހަރެއްގެ މަތިން ސުވާލުކޮށް އޭނާގެ ބަޔާން ނަގާފަ އެވެ.

ޖެކޮލިންއަށް މިފަދަ ހުއްދައެއް ދީފައި ވަނީ އަބޫދާބީގައި އޮތް އެވޯޑް ހަފްލާއެއްގައި ބައިވެރިވުމަށް ގައުމުން ބޭރަށް ދާން ބޭނުންވެގެން އެކަން ޕަޓީއަލާ ކޯޓު ހައުސްއަށް މައްސަލަ ހުށަހެޅުމުންނެވެ.

https://www.instagram.com/p/CeD7nNLtTPy/

އެ މައްސަލައިގައި ކޯޓުން އަންގާފައި ވަނީ 50 ލައްކަ ރުޕީސް ފިކްސްޑް ޑިޕޮސިޓް ރިސީޓް (އެފްޑީއާރު) އާއި އެކު އިންޑިއާއަށް އެނބުރި އަންނަ ތާރީހުގެ ތަފްސީލު ހުށަހެޅުމަށެވެ. އަދި އެނބުރި ގައުމަށް އައުމުން ތަހުގީގު ކުރާ އިދާރާއަށް އެކަން އަންގަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

https://www.instagram.com/p/Ccnje3TtgI5/

ޖެކޮލިން ކޯޓުގައި ބުނެފައި ވަނީ، އޭނައަކީ 2009 ވަނަ އަހަރުން ފެށިގެން އިންޑިއާގައި ދިރިއުޅެމުން އަންނަ ލަންކާގެ ރައްޔިތެއް ކަމަށާއި ބޮލީވުޑް އިންޑަސްޓްރީގައި އޭނާއަކީ ރީތި ނަމެއް ލިބިފައިވާ ފަރާތެއް ކަމަށެވެ. އޭނާ އަށް އިވެންޓްތަކަށާއި ޕްރެސް ކޮންފަރެންސްތަކަށާއި ރިހާސަލްތަކަށާއި އެވޯޑް ހަފުލާތަކުގައި ބައިވެރިވުމަށް ދައުވަތު ދީފައިވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން އޭނާގެ އަތުން ވަނީ ވަރަށް ގިނަ ފިލްމުތައް ވެސް ގެއްލިފަ އެވެ.