އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގް އާއި އޭނާގެ ފިރިމީހާ ހަރްޝް ލަމްބާޗިޔާގެ އަލަތު ދަރިފުޅުގެ ނަން ހާމަކޮށްފި އެވެ.

އިންޑިއާގެ އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު ކޮމީޑިއަނުންގެ ތެރޭގައި ހިމެނޭ ބާރްތީއަށް ފިރިހެން ކުއްޖެއް ލިބުނީ މިއަހަރުގެ އޭޕްރީލު މަހު އެވެ.

ބާރްތީ އާއި އޭނާގެ ފިރިމީހާ ހާޝް ލިމްބާޗިޔާ، އެމީހުންގެ އަލަތު ދަރިފުޅު ކިޔާ ނަން ހާމަކޮށްފައިވަނީ ގޯއާ އަށް އެމީހުން ކުރި ދަތުރުގެ ވީޑިއޯއާއެކު އެވެ.

އެ ވީޑިއޯގައި ބާރްތީ ބުނެފައި ވަނީ ގިނަ ފޭނުން އޭނާގެ ދަރިފުޅުގެ ނަން އެނގެން ބޭނުންވާ ކަމަށެވެ. އެހެންކަމުން އެނަން އޭނާ ހާމަކުރާ ކުރަމަށެވެ. ދަރިފުޅަށް ކިޔަނީ ލަކްޝް ކަމަށް ވެސް ބާރްތީ ވީޑިއޯގައި ބުނެފައި ވެއެވެ.

https://www.youtube.com/watch?v=VUo1aiqn67g

އަދި އެމީހުން ދަރިފުޅަށް ލީބި ކިޔަމުން ދަނީ ގޯލާ އެވެ.

ބާރްތީ އާއި ހާރޝް އެންމެ ފަހުން ފެނިފައިވަނީ ހުނަރުބާޒް އަދި ދަ ޚަތުރާ ޝޯ އިންނެވެ. ދަރިފުޅު ވިހެއުމަށްފަހު 11 ދުވަހުގެ ތެރޭގައި ބާރްތީ އަލުން މަސައްކަތް ފެށިއެވެ. ގިނަ ބަޔަކު އޭނާގެ ނިންމުމަށް ތައުރީފު ކުރި ނަމަވެސް، ތުއްތު ކުއްޖާއަށް ވަގުތު ނުދީ 'ފައިސާގެ ފަހަތުން ދުވެފައި' ކަމަށް ބުނެ ފާޑުކިޔާފައިވެ އެވެ.

https://www.instagram.com/p/Cb42g9rPNaV/?hl=en

ބާރްތީ ބުނެފައިވަނީ ފިރިހެން ދަރިފުޅާއެކު ވެސް އޭނާގެ އާއިލާ މިހާރު ފުރިހަމަވި ނަމަވެސް އަންހެން ދަރިއެއް ބޭނުންވާ ކަމަށެވެ.

ބާރްތީ ބުނެފައިވަނީ އޭނާގެ ދަރިފުޅު ވަރަށް އަވަހަށް މީޑިއާއަށް ދައްކާލާނެ ކަމަށެވެ.

ބާރްތީ، 37، އާއި ހާޝް، 35، ގެ ކައިވެނި ކުރީ 2018 ވަނަ އަހަރު އެވެ.