އިންޑިއާގެ ޓީވީ ޑްރާމާ ތަކުގައި ރަނިކަން ކުރާ ތަރި ޖެނިފާ ވިންގެޓް ވެސް ބޮލީވުޑަށް ޑެބިއުޓް ކުރާ ކަމުގެ ހަބަރު ފެތުރިއްޖެ އެވެ.
ޖެނިފާ އަކީ ގިނަ އަދަދެއްގެ ޓީވީ ސީރިއަލް ތަކުގެ ބަތަލާގެ ރޯލު ކުޅެ އޭނާގެ ރީތިކަމާއި، އެކްޓުކުރުމުގެ މޮޅު ހުނަރުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ތަރިއެކެވެ. އަދި ޖެނިފާ ބޮލީވުޑަށް ދާނެ ދުވަހަކީ އޭނާގެ ފޭނުން އަބަދުވެސް އުންމީދު ކުރާ ދުވަހެކެވެ.
އެގޮތުން ޖެނިފާ ބޮލީވުޑްގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ފަހަކަށް އައިސް ގިނަ ބައެއްގެ މަގުބޫލުކަމާއި މަޝްހޫރުކަން ހޯދަމުންދާ ތަރިއެއް ކަމަށްވާ ކާތިކް އާރްޔަންއާ އެކުގައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ކުރިންވެސް ޖެނިފާއަށް ބޮލީވުޑްގައި އެކްޓުކުރުމަށް ގިނަ ފުރުސަތުތަކެއް ލިބިފައިވެ އެވެ. އެހެންނަމަވެސް އޭނާ އެ ފުރުސަތުތަކުގައި ނުހިފީ، ބޭނުންވާ ރޯލެއް ކުޅެން ނުލިބުމުން ކަމަށް ޖެނިފާ ބުނެފައިވެ އެވެ.
ޖެނިފާ އަކީ ޓީވީ އިންޑަސްޓްރީގައި އެންމެ ބޮޑުކޮށް މުސާރަ ލިބޭ ތަރިންގެ ތެރެއިން އެކަކެވެ. ހަމައެހެންމެ ޓީވީ ޑްރާމާ ތަކުގައި މަސައްކަތް ކުރާ އެންމެ ރީތި ތަރިންގެ ތެރޭގައިވެސް ޖެނިފާ ހިމެނެ އެވެ.

ރޯދަ މަހުގެ ހަވީރު ބުރު: މަގުމަތީގެ ބޮޑު ތަކުލީފަކަށް
ހަފްތާއެއް ތެރޭގައި މާލެ ސަރަހައްދުގައި 41 އެކްސިޑެންޓް
ޕްރިމިއާ ލީގުގެ 4 ކުޅުންތެރިއަކަށް ނަސްލީ ތަފާތުކުރި މައްސަލައެއް
