ނެށުމުގެ ހުނަރުން ގިނަ ބަޔެއްގެ ހިތްތައް ހޯދާފައިވާ ނޯރާ ފަތޭހީ ލަވައެއް ޑައިރެކްޓްކޮށްފި އެވެ.

ނޯރާގެ އެންމެ ފުރަތަމަ ޑައިރެކްޓް ކޮށްފައިވަނީ "ޑާޓީ ލިޓްލް ސީކްރެޓް" އެވެ.

ފުރަތަމަ ޑައިރެކްޝަންއާ ބެހޭ ގޮތުން ނޯރާ ބުނީ އަބަދުވެސް މަސައްކަތް ކުރަނީ އާ ކަމެއް ދަސްކުރުމަށް ކަމަށާއި ނަށާއިރު ވެސް އާ ގޮތަކަށް ނެށޭތޯ ބަލާ ކަމަށެވެ.

"އާޓިސްޓެއްގެ ގޮތުގައި އަހަރެން އަބަދުވެސް ބަލަނީ އާ ކަމެއް ކުރަން. 'ޑާޓީ ލިޓްލް ސީކްރެޓް'ގެ މަސައްކަތް ކުރަމުން ދިޔައިރު، ސްކްރީންޕްލެއާ ދޭތެރޭގައި ވަރަށް ވިސްނަންޖެހުނު،" ނޯރާ ބުންޏެވެ.

"ދިލްބަރު" އާއި "އޮ ސާކީ ސާކީ" އަދި "ކުސޫ ކުސޫ" ފަދަ އައިޓަމް ލަވަތައް ކުޅެފައިވާ ނޯރާ މިހާރު އަންނަނީ މިހާރު ކަލާސް ޓީވީ އިން ދައްކާ ނެށުމުގެ ރިއަލިޓީ ޝޯ "ޑާންސް ދިވާނޭ ޖޫނިއާ"ގެ ޖަޖެއްގެ ގޮތުގައި ނޯރާ އަންނަނީ މަސައްކަތް ކުރަމުންނެވެ.

ނޯރާގެ ފޭނުންނާ އޭނާ ގުޅުވައިދެނީ "#ޑާންސްވިތުނޯރާ" މި ހޭޝްޓެގާ އެކު ފޭނުން ދޫކޮށްލާ ޑާންސް ވީޑިއޯތަކުންނެވެ.

"ސްޓްރީޓް ޑާންސް 3ޑީ" އިން ވެސް ނޯރާ ވަނީ ހަރަކާތްތެރިވެފަ އެވެ

https://www.instagram.com/p/Ce06R3jM3vL/

އުމުރުން 30 އަހަރު ނޯރާއަކީ ކުޑަ ކުދިންގެ މެދުގައި މަގުބޫލު ފަންނާނެކެވެ. ނޯރާގެ ލަވަތަކުގެ ތެރެއިން އެންމެ ބޮޑަށް މަގުބޫލުވެގެން ދިޔަ އެއް ލަވައަކީ ޖޯން އަބްރަހަމްގެ 2018 ގެ ފިލްމު "ސަތިއަމޭވް ޖަޔަތޭ" ގެ އައިޓަމް ލަވަ "ދިލްބަރު" އިންނެވެ.