ހަތުރޯން ކޭ ކިލާޅީ އަކީ އިންޑިއާގައި ގިނަ ބައެެއްގެ މަގުބޫލުކަން ހޯދާފައިވާ ޝޯއެކެވެ.

އިންޑިއާގެ މަޝްހޫރު ފިލްމު މޭކަރު ރޯހިތް ޝެޓީގެ މި ޝޯގެ ކޮންސެޕްޓް އަކީ ދަތި އުނދަގޫ ޓާސްކުތައް ފުރިހަމަކުރުމެވެ. ޓާސްކުތައް ފުރިހަމަކުރާއިރު، އުސް ތަންތަނާއި، އަލިފާން އަދި ދިރޭ ތަކެތީގެ އިތުރުން އުނދަގޫ އެކި ކަންކަން ހިމަނާފައިވެ އެވެ.

ޓާސްކުތައް ފުރިހަމަ ކުރާ ބައިވެރިވެރިންނަށް ފައިސާގެ އިނާމު ދޭއިރު، ފައިނަލާއި ހިސާބަށް ގޮސް މޮޅުވާ މީހަކަށް އެއަށް ވުރެ ބޮޑު ފައިސާގެ އިނާމެއް ލިބެ އެވެ.

ނަމަވެސް މި ޝޯގައި ގިނަ ބެލުން ތެރިންނަށް ނޭނގޭ ހަގީގަތެއް ވެސްވެ އެވެ. އެގޮތުން ޝޯގެ އެކި ޓާސްކުތައް ފުރިހަމަކުރަން އުޅުމުގައި ބައެއް ބައިވެރީންނަށް އެކި ވަރުވަރުގެ އަނިޔާ ލިބިފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނޭ އެކަކަކީ ފަހަކަށް އައިސް އިންޑިއާގެ ޑްރާމާ ނާގިންގެ ހަވަނަ ބައިގެ ބަތަލާ ތޭޖަސްވީ ޕްރަކާޝް އެވެ. ޝޯގެ ތާސްކެއް ފުރިހަމަކުރަން އުޅުމުގެ ތެރޭގައި ތޭޖަސްވީގެ ލޮލަށް ވަނީ އަނިޔާވެފަ އެވެ.

ތޭޖަސްވީ ޕްރަކާޝް

ހަމައެހެންމެ އޭގެ ތެރޭގައި މަޝްހޫރު ކޮމެޑިއަން ބާރްތީ ސިންގް ވެސް ހިމެނޭއިރު، ޝޯގެ ޓާސްކެއް ފުރިހަމަކުރަން އުޅުމުގެ ތެރޭގައި އޭނާގެ ފަޔަށް ވަނީ އަނިޔާވެފަ އެވެ. އޭގެ އިތުރުން ޝޯގެ ޓާސްކެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައި ބާރްތީގެ ނޭވާ ހާސްވެ ހޮސްޕިޓަލުގައި އެނދުމަތިކުރަން ވެސް ޖެހުނެވެ.

ބާރްތީ ސިންގް

ލިސްޓުގެ ތިންވަނައިގައި ކަނިކާ މަންވެސް ހިމެނޭއިރު، ޝޯގެ ޓާސްކެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައި އޭނާގެ މުޅި ހަށިގަނޑަށް ވަނީ އަނިޔާވެފަ އެވެ. ކަނިކާ ވަނީ ސޯޝަލްމީޑިއާގައި އޭނާއަށް ލިބުނު އަނިޔާ އާންމުންނަށް ދައްކާލާފަ އެވެ.

ކަނިކާ މަން