ސިފައިންގެ ތިން މީހަކު ބަނގުރާ ބޯން ތިއްބައި ހައްޔަރުކޮށްފި އެވެ.
އެ ތިން މީހުން ބަނގުރާ ބޯން ތިއްބައި ހައްޔަރު ކޮށްފައިވަނީ މިމަހުގެ 17 ވަނަ ދުވަހު ކަމަށްވެ އެވެ. އަދި އެމީހުން ތިބި ސަރަހައްދުން ވެސް ބަނގުރާ ފުޅި ފެނިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަނުގެ ތެރެއިން ފަޔާ އެންޑް ރެސްކިއުގެ ސިފައިންގެ މީހަކާއި ސެނެހިޔާ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ސިފައިންގެ ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށްވެ އެވެ.
ފުލުހުން ފެނުމާއެއެކު އެމީހުން އަތުގައި ހުރި ބަނގުރާ ފުޅިތައް އުކާލާފައިވާ ކަމަށްވެ އެވެ.
އެ މައްސަލައާ ގުޅިގެން އެމީހުން ހައްޔަރު ކުރިކަމަށާއި، އަދި މަސްތުވާތަކެއްޗަށް ކުރި ޓެސްޓުން ޕޮޒިޓިވްވި ކަމަށް މައުލޫމާތު ލިބެ އެވެ. އެހެންނަމަވެސް އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންގޮސް އެ މީހުން ދޫކޮށްލާފައިވާ ކަމަށްވެ އެވެ.
އެމީހުން ދޫކޮށްލާފައިވަނީ ކޯޓު އަމުރެއް ނެތި ކަމަށްވެ އެވެ.
ބަންކަރިން ހިދުމަތުން ލިބުނީ 282 މިލިއަން ރުފިޔާ: ސައީދު
ކުއްޖަކު މަރާލި17 އަހަރުގެ ކުއްޖާ 13 އަހަރަށް ބަންދުކުރަން ހުކުމް
ދައުލަތުން އެދިގެން ޝަމްއާން ބަންދުން ދޫކޮށްލައިފި
