ސަލްމާން ޚާން އާއި އައިޝްވަރްޔާއަކީ ބޮލީވުޑްގައި އެންމެ މަޝްހޫރު މީހުންގެ ތެރޭގައި ހިމެނޭ ދެ މީހުންނެވެ.

ހަމައެހެންމެ އެ ދެ މީހުންގެ ލޯބީގެ ވާހަކަތަކަކީ ވެސް އޭރު ގިނަ ބައެއްގެ ތުންތުން މަތިން ދެކެވި، މަޝްހޫރުވި ވާހަކަތަކެކެވެ.

އިންޑިއާ ނޫހަކަށް ދިން އިންޓަވިއުއެއްގައި އައިޝްވަރްޔާ ބުނީ ސަލްމާންއާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް އައިޝްވަރްޔާގެ މައިން ބަފައިން ނުރުހުނު ކަމަށެވެ. އަދި ސަލްމާނު ދެކެ ލޯބިވާ ވަރުން އައިޝްވަރްޔާ އޭނާގެ މައިންބަފައިން ދޫކޮށް ސަލްމާނާއެކު އުޅެން ދިޔަ ކަމަށް އޭނާ ބުނެފައިވެ އެވެ.

ނަމަވެސް އެދެމީހުންގެ ގުޅުން ނިމުމަކަށް އަންނަން މެދުވެރިވި ސަބަބެއްގެ ގޮތުގައި އައިޝްވަރްޔާ ފާހަގަކުރީ ސަލްމާނުގެ އަހުލާގެވެ. އެގޮތުން ސަލްމާން މަސްތުގެ ހާލަތުގައި ގެއަށް އަންނަ ކަމަށާއި، އޭނާއަކީ ރުޅި އިސްކުރާ މީހެއް ކަމަށް އައިޝްވަރްޔާ ބުނެފައިވެ އެވެ.

އައިޝްވަރްޔާ ވަނީ، ސަލްމާނު އެތައް ފަހަރެއްގެ މަތިން އައިޝްވަރްޔާއަށް އަނިޔާކުރިކަމަށް ތުހުމަތު ކޮށްފަ އެވެ. އޭނާ ސަލްމާންއާ އެކީގައި އުޅެން ވަރަށް މަސައްކަތް ކުރި ނަމަވެސް ކެތްތެރިކަން ކޮޅުންލައި، އެންމެ ފަހުން ސަލްމާންއާ ވަކިވެ، އަލުން މައިން ބަފައިން ގާތަށް ދިޔައީ ކަމަށް އައިޝްވަރްޔާ ބުނެފައިވެ އެވެ.

ނަމަވެސް މިކަމުގެ ހަގީގަތް ބެލުމަށް ސަލްމާނުގެ ގާތުގައި ސުވާލު އެހުމުން ސަލްމާނު ވަނީ އައިޝްވަރްޔާ ކުރި ހުރިހާ ތުހުމަތެއް ވެސް ދޮގުކޮށްފަ އެވެ.

މިހާރު އައިޝްވަރްޔާއަކީ މަޝްހޫރު އަބީޝޭކް ބައްޗަންގެ އަނބިމީހާ އެވެ. އެ ދެމީހުންނަށް އަންހެން ދަރިއަކު ވެސް ލިބިފައިވެ އެވެ.

ސަލްމާނު ހާން އަދިވެސް ސިންގަލޮކޮށް ހުރި އިރު، އޭނާ ކައިވެނިކުރާނެ ކަމަށް އާންމުންނާއި ސަޕޯޓަރުން އެންމެ އުންމީދުކުރީ ކެޓްރީނާ ކެއިފްއާ އެވެ. ނަމަވެސް ކެޓްރީނާ އާއި ސަލްމާނުގެ ގުޅުން ވެސް ވަނީ ނިމުމަކަށް އައިސްފަ އެވެ.

ސަލްމާން މިހާތަނަށް މީހަކާ ނީނދެ ހުރުމަކީ އޭނާގެ ސަޕޯޓަރުން އަބަދުމެ ކަންބޮޑުވުން ފާޅުކުރާކަމެކެވެ. ސަލްމާނުގެ ލޯބީގެ ހަޔާތަކީ އަބަދުމެ އޮން ސްކްރީން އާއި އޮފް ސްކްރީންގައި ވެސް ދެކެވޭ ބޮޑު ވާހަކައެކެވެ.