ޖާންވީ ކަޕޫރަކީ ބޮލީވުޑްގައި އަލަށް ޑެބިއުވި ތަރިންގެ ތެރެއިން ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދީ، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ.

އެގޮތުން "ދަޅަކް"، "ގުންޖަން ސަކްސޭނާ" އަދި "ދަ ކާގިލް ގާލް" ފަދަ ފިލްމުތަކުގައި ޖާންވީ ދައްކައިދިން އެކްޓިންގެ ހުނަރުން އޭނާ ވަނީ ބޮލީވުޑްގައި އޭނާއަށް ހިއްސާވާ ހާއްސަ މަގާމު ހޯދާފަ އެވެ. މަޝްހޫރުކަން ލިބިފައިވާ މި ތަރީގެ ކަންކަމަކީ މިހާރު ގިނަ ބަޔަކު ބަލައި އެނގެން ބޭނުންވާ ކަންކަމެވެ.

އެގޮތުން "ވޯގް" އަށް މީގެ ދުވަސްތަކެއް ކުރިން ޖާންވީ ދިން އިންޓަވިއުއެއްގައި އވަނީ އޭނާގެ ހަޔާތާއި ގުޅޭގޮތުން ވާހަކަ ދައްކާފަ އެވެ. އަދި ބެލުންތެރިން އެންމެ އެނގެން ބޭނުންވާނެ ކަމެއް ކަމުގައި ފާހަގަކޮށް ވޯގުން އޭނާގެ ލޯބީގެ ހަޔާތާ ގުޅިގެން ވަނީ ސުވާލުކޮށްފަ އެވެ.

ޖާންވީގެ ލޯބީގެ ހަޔާތާ ގުޅުވައިގެން ވޯގުން ވަނީ އޭނާގެ ހަޔާތަށް ގެންނަން ބޭނުންވާ ލޯބިވެެރިއެއްގެ ކިބައިގައި ހުންނަން ބޭނުންވާ ސިފަތަކަކީ ކޮބައިތޯ ސުވާލުކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބުދެމުން ޖާންވީ ބުނީ، އޭނާގެ ލޯބިވެރިއެއްގެ ގޮތުގައި އިހުތިޔާރު ކުރާ މީހެއްގެ ކިބައިގައި ފަންނު ވެރިކަން ހުރުމަށް އޭނާ އެދޭ ކަމަށެވެ. އަދި އައު ކަންތައްތައް ދަސްކުރުމަށް ފޯރި ހުންނަން ޖެހޭނެ ކަމުގައި ޖާންވީ ބުނެފައިވެ އެވެ.

އޭގެ އިތުރުން އެ މީހެއްގެ ގައިގައި ހެއްވާ މަޖާ މިޒާޖެއް ހުރުމަކީ ވެސް އޭނާ އެދޭނެކަމެއް ކަމަށާއި، އެ މީހަކު ޖާންވީ ދެކެ އިންތިހާއަށް ލޯބިވާން އޭނާ އެދޭކަމަށް ޖާންވީ ބުނެފައިވެ އެވެ.

ޖާންވީގެ ފިލްމުގެ މަސައްކަތަށް ބަލާއިރު ދެން އެންމެ އަވަހަށް ޖާންވީ ފެނިގެންދާނީ، "ބޮމްބޭ ގާލް" އިންނެވެ. އަދި ރާޖްކުމާރް ރާއޮ އާއެކީ "މިސްޓާ އެންޑް މިސްސް މާހީ" އިންވެސް ޖާންވީ ފެނިގެންދާނެ އެވެ.

ގިނަ ބައެއްގެ މަގުބޫލުކް ހޯދާފައިވާ ޖާންވީ އަކީ ސޯޝަލްމީޑިއާގައި އެކްޓިވްކޮށް އުޅޭ ފަންނާނެކެވެ. ޖާންވީ ދަނީ އިންޑަސްޓްރީގައި އޭނާގެ މަންމަގެ ރޯލު އަދާކުރަމުން ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.