ވަގުތީ ގޮތުން ފެމިލީ ކޯޓު ހިންގުން ގާޒީ އިބްރާހިމް މާހިރުއާ ހަވާލުކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން ފެމިލީ ކޯޓު ހިންގުން އެ ކޯޓުގެ ގާޒީ އިބްރާހީމް މާހިރުއާ ވަގުތީގޮތުން ހަވާލުކުރެއްވީ ފެމިލީކޯޓުގެ އިސްގާޒީގެ މަގާމުގައި ހުންނެވި ހުޒައިފާ މުހައްމަދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކުރެއްވުމާ ގުޅިގެނެވެ.
ހުޒައިފާ މުހައްމަދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވީ އިއްޔެ އެވެ.
ޖޭއެސްސީން ބުނީ ފެމިލީކޯޓު ވަގުތީގޮތުން ހިންގުން އެކޯޓުގެ ގާޒީ އިބްރާހީމް މާހިރުއާ ހަވާލުކުރުމަށް މިއަދު ބޭއްވުނު ޖޭއެސްސީގެ 45 ވަނަ ބައްދަލުވުމުގައި ނިންމާފައިވާކަމަށެވެ.
ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނަވަނިކޮށް ހައިކޯޓަށް އައްޔަންކުރެއްވި ހުޒައިފާއަކީ އަންހެން ފަނޑިޔާރުންގެ ތެރެއިން ސުޕީރިއާ ކޯޓެއްގެ އިސް ގާޒީގެ މަގާމަށް އައްޔަންކުރެއްވި ފުރަތަމަ ގާޒީ އެވެ.
ސަލްމާންގެ އާ "ލުކް"އާއެކު "ތޭރޭ ނާމް"ގެ ހަނދާންތައް އާކޮށްދީފި
ސްވިޑަން އާއި އައިވަރީ ކޯސްޓް ވޯލްޑް ކަޕް ފެށީ މޮޅަކާއެކު
އިލެކްޝަންސް ކޮމިޝަނަށް ޕީއެންސީގެ ޝަކީލް އައްޔަންކުރަނީ
