މަޝްހޫރު ތަރިން ކަމުގައިވާ ކްރިތީ ސަނޯން އާއި ޕްރަބާސްގެ އިތުރުން ސައިފް އަލީ ޚާން އެކީގައި ކުޅޭ ފިލްމު ކަމުގައިވާ "އަޑިޕުރުޝް" އަކީ ގިނަ ބަޔަކު މިވަގުތު އެންމެ އިންތިޒާރު ކުރަމުންދާ އެއް ފިލްމެކެވެ.
ހިންދޫ ދީނުގެ ވާހަކަތަކަށް ބިނާކޮށް އެ ފިލްމު ކުޅޭއިރު، ފިލްމުގެ ބަތަލެއްގެ ރޯލު ކުޅޭނީ ޕްރަބާސް އެވެ. އަދި ބަތަލާގެ ރޯލު ކުޅޭނީ ކްރިތީ އެވެ.
އެއާއެކު ފޭނުން ތިބީ އެދެ ތަރިން ޖޯޑެއްގެ ގޮތުގައި ސިނަމާގައި ފެންނާނެ އިރަކަށް އިންތިޒާރު ކުރުމުގަ އެވެ. އެގޮތުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ކްރިތީއާ ޕްރަބާސް އެކީގައި އޮންސްކްރީން "ކެމިސްޓްރީ" ތަފާތުވާނެ ކަމަށް ބުނެ ދެ މީހުންގެ ޖޯޑަށް ތައުރީފުކޮށްފަ އެވެ.
ފިލްމްގެ ޝޫޓިންގެ ބައެއް މަސައްކަތް ނުނިމުނު ނަމަވެސް، މިހާތަނަށް އެ ދެތަރިންގެ މަސައްކަތް ވަރަށް ފުރިހަމަކަމަށް ފިލްމުގެ ޕްރޮޑަކްޝަނުން ބުނެފައިވެ އެވެ.
އެ ފިލްމު މީގެ ކުރިން ނެރުމަށް ހަމަޖެހިފައި އޮތީ އަންނަ އޮގަސްޓުމަހުގަ އެވެ. އެހެންނަމަވެސް އެ ފިލްމް ރިލީޒްކުރާ ތާރީހު މިހާރު ވަނީ އަންނަ އަހަރުގެ ޖެނުއަރީއަށް ބަދަލުކޮށްފަ އެވެ.
ތުހުމަތުތަކެއްކޮށް ޓޫ އޮފް އަސް އިން ޝަހީދު ލެގަސީ ވަކިވެއްޖެ
ސޯބިގެ ޕޭސްޓްރީތައް ގިނަ ބަޔަކަށް މީރުވެއްޖެ!
ތިނަދޫ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓް ސައުދު ކާމިޔާބު ކުރައްވައިފި
