ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލޭގެ ދެބައިކުޅައެއްބައި ދޭން އުޅޭ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ، މަޖިލީހުގެ ރައީސްގެ މޭޒުން މާލިއްޔަތު ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
މި މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައްވައި މަޖިލީހަށް މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް އެވެ. މި މައްސަލަ މަޖިލީހުގެ އިދާރާއަށް ހުށަހަޅާފައިވަނީ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު އެވެ. މި މައްސަލަ އިތުރަށް ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވިކަން މަޖިލީހުގެ ތަޅުމުގައި އިއުލާނު ކުރެއްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، މިއަދުގެ ޖަލްސާ ފެށްޓެވި ވަގުތުގަ އެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ތިންވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން ކަމެއް ނިންމުމުގައި އާންމު ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމު ކަމަށް މަޖިލީހަށް ފެންނަ ކަންކަމުގައި ރައްޔިތުން ދެކޭގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހަށް ނިންމިދާނެ ކަމަށެވެ. އަދި އެ ގާނޫނާ ގުޅިގެން އަމަލުކުރާނެ އިޖުރާއާތުތައް މަޖިލީހުގެ ގަވާއިދުގެ 253-2 މާއްދާގައި ތަފްސީލުކޮށްފައިވެ އެވެ.
އެ މާއްދާގެ (ހ) ގައިވާ ގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމު ކަމަށް ފެންނަ ހާލަތްތަކުގައި މަޖިލިސް މެންބަރަކަށް ނުވަތަ މަޖިލީހުގެ ރައީސަށް ވެސް ރައްޔިތުންގެ އާންމު ވޯޓު ނެގުމަށް އެދި ގަރާރެއް ހުށަހެޅިދާނެ އެވެ. އަދި އެފަދަ ގަރާރެއް ހުށަހަޅައިފިނަމަ، މަޖިލީހުގެ ތަޅުމުގައި އެކަން އިއުލާނު ކުރުމަށްފަހު ބަހުސްކުރުމަކާ ނުލައި ދިރާސާކުރުމަށްޓަކައި ދާއިމީ ނުވަތަ ވަގުތީ ކޮމިޓީއަކަށް ފޮނުވަންވާނެ ކަމަށް އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވެ އެވެ.
މަޖިލީހުގެ ގަވާއިދުގެ 253-4 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރަނީ، ރައްޔިތުންގެ އާންމު ވޯޓު ނެގުމަށް ހުށަހަޅާ ގަރާރެއް ދިރާސާކޮށް ނިންމުމަށްފަހު 14 ދުވަހުގެ ތެރޭގައި އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވަންވާނެ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އެ މުއްދަތާ އެއްގޮތަށް އަމަލުނުކުރެވުނު ސަބަބެއް މަޖިލީހުގެ ރިޔާސަތުން ހާމަކުރައްވާފައެއް ނުވެ އެވެ.
ތަކުރާރުކޮށް ބޮލުގައި ރިހުމަށް މަގުފަހިވާ އާއްމު އާދަތަކެއް!
ބަޑީގެ ހަމަލާއަށް މަހެއް ފަހުން ޓައިގާ އެނބުރި ސްޓޭޖަށް!
ދިއްގަރުގައި "އާބަން ފާމިން" މަޝްރޫއު ނިންމާލައިފި
