ގޭގައި ގަސް އިންދުމަކީ ރާއްޖޭގެ ގިނަ ބަޔަކު ވަރަށް ކުރާހިތްވާ ކަމެކެވެ. އެހާމެ ފައިދާހުރި ފަސޭހަ ކަމަކަށް މިކަން ވާއިރު ރާއްޖެ ފަދަ ކުޑަކުޑަ ގައުމެއްގައި މިކަމުގެ ފައިދާތައް އިންތިހާއަށް އިތުރެވެ.
ރާއްޖޭގެ އެހެން ރަށްތަކާ ޚިލާފަށް މާލެއަކީ ވައި ނުސާފު ތަނެކެވެ. ގޭގެ ގޯތިތެރޭގައި ނުވަތަ ބެލްކަނީގައި ނުވަތަ ޓެރަސްމަތީގައިި ގަހެއް ނުވަތަ ގަސްތަކެއް އިންދުމަކީ ގޭތެރޭގެ ވައިސާފުކޮށްދީ ގޭތެރޭގެ އުފާވެރިކަން އިހްސާސްކުރެވޭ މުހިންމު ކަމެކެވެ.
ގަސްތަކުން ވައިސާފުކޮށްދޭ ސަބަބަކީ ގިނަ ގަސްތަކުން ކާބޮންޑައިއޮކްސައިޑް އެތެރެކުރުމަށްފަހު އޮކްސިޖަން ބޭރުކުރާތީ އެވެ.
ގަސްތަކުން މޭވާ ލިބިގެންދާއިރު ފޮޅިފައިހުންނަ ރީތި މާތަކުގެ ސަބަބުން ލިބިގެންދާ އުފާވެރިކަމާއި ހިތްހަމަޖެހުން އެހާމެ ބޮޑެވެ. މިގޮތުން ލުނބޯ ، މިރުސް ގަސް ފަދަ ތަކެއްޗަކީ ރާއްޖޭގައިވެސް ފަސޭހައިން ހައްދާލެވޭ ތަކެއްޗެވެ.
ގޭގައި ގަސް އިންދުމުގެ ފައިދާތަކުގެ ތެރެއިން މިންޓް، ލެމަންގްރާސް އަދި ބޭސިލް ފަދަ ގަސްތަކުން އެކިވައްތަރުގެ ކުދި ސޫފިތަށް ގެއާއި ދުރުކޮށްދޭކަމަކީވެސް ފާހަގަކޮށްލެވޭ މުހިންމު ފައިދާ އެކެވެ.
އައްޑޫ ޑްރަގް ނެޓްވޯކްގައި ހިމެނޭ އިތުރު މީހަކު ހައްޔަރުކޮށްފި
އިޒްރޭލުގެ މީހުންނަށް އެހީވާން ގާލް ގޮވާލައިފި
ވައިބާ ހެކްކޮށް މަކަރާއި ހީލަތުން 150،000ރ. ނެގި މީހަކު ހައްޔަރު