ސައުތު އިންޑިއާގައި ގިނަ ބަޔަކަށް ކަމުދިޔަ ޝްރޫތީ ހަސަންއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވަނީ އޭނާގެ ރީތި ހިނިތުންވުމާ ގުޅިގެންނެވެ.
ސައުތުގެ ފިލްމީ އިންޑަސްޓްރީގައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެދީފައިވާ ޝްރޫތީ ވަނީ ބޮލީވުޑް ސިނަމާގައި ވެސް ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފަ އެވެ.
ނަމަވެސް އޭނާއަށް ކުއްލިއަކަށް ލިބެންފެށި މަޝްހޫރު ކަމާއި ކާމިޔާބީއާ ގުޅިގެން ގިނަ ބަޔަކު ވަނީ ފާޑުކިޔާފަ އެވެ.
އެގޮތުން ޝްރޫތީ ވަނީ އިތުރަށް ރީތިވުމަށް މޫނުގެ ސާޖަރީ ހަދާފައިކަމަށް ވަނީ އަޑުފެތުރިފަ އެވެ. މިކަން ޝްރޫތީ ދޮގުކުރި ނަމަވެސް އޭނާގެ ކުރީގެ ފޮޓޯއާ މިހާރުގެ ފޮޓޯ އަޅާކިޔުމުން ގިނަ ބަޔަކަށް ވަނީ އޭނާ އިތުރަށް ރީތިވުމަށް ސާޖަރީ ހެދިކަން ހާމަވެފަ އެވެ.
ފިލްމު އިންޑަސްޓްރީގައި އެކްޓަރުންނާއި އެކްޓްރެސުން އިތުރަށް ރީތިވުމަށް ސާޖަރީ ހެދުން ވަނީ އާންމުވެފަ އެވެ. އޭގެ ތެރޭގައި އެއްބަޔަކު އެކަމަށް އެއްބަސްވި ނަމަވެސް ގިނަ ބަޔަކު ސާޖަރީ ހަދާފައިވާކަމަށް އެއްބަހެއް ނުވެ އެވެ.