ނެށުމުގެ ހުނަރުން ގިނަ ބަޔެއްގެ ހިތްތައް ހޯދާފައިވާ ނޯރާ ފަތޭހީ، އޭނާގެ ސާޅި ސެކިއުރިޓީ ގާޑު ލައްވައި ހިފުވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ނޯރާ އޭނާގެ ކާރުން ނިކުތް ވަގުތެއްގައި ނޫސްވެރިން ވަނީ އޭނާގެ ފޮޓޯ ނެގުމަށް އެސަރަހައްދަށް ގޮސްފަ އެވެ. އަދި އެވަގުތު ކާރުން ނިކުތް ވަގުތު އެތަނުގައި ހުރި ސެކިއުރިޓީ ގާޑު ލައްވައި އޭނާ ވަނީ އޭނާގެ މަޑު ފިޔާތޮށި ކުލައިގެ ސާޅި ހިފަން ބުނެފަ އެވެ. އޭރު އެސަރަހައްދަށް ދިޔައީ ވާރޭ ވެހެމުންނެވެ.

މިކަން ފާހަގަކޮށް، އެސަރަހައްދުގައި ހުރި ނޫސްވެރިންނާއި އާންމުން ވަނީ ނޯރާއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެގޮތުން ގާޑު ލައްވައި އެފަދައިން ހެދުން ހިފަހައްޓަން ބުނުމުން އެއީ ކޮން ތަނެއްގެ "ރާނީ" އެއްތޯ އާންމުން ސުވާލުކޮށްފައިވެ އެވެ.

ނޯރާއަށް އޭނާގެ ކިބައިން ފެންނަ މިފަދަ އެތައް ކަމަކަށް އާންމުންގެ ފާޑުކިޔުން އަމާޒުވެފަ އެވެ. އެގޮތުން ދާދި ފަހުން އޭނާ ހިނގާ ގޮތަށްވެސް އާންމުން ވަނީ ފާޑުކިޔާފަ އެވެ. އެގޮތުން ނޯރާގެ ހިނގުމުން، ދެއްކުންތެރިކަން ހާމަވާކަމަށް އާންމުން ބުނެފައިވެ އެވެ.