ކޮވިޑް-19 ޖެހިގެން މިއަދު ރާއްޖެއިން ދެވަނަ މީހަކު ނިޔާވެއްޖެ އެވެ.

ކޮވިޑަށް ފަރުވާކުރަމުން ދަނިކޮށް މިއަދު ނިޔާވެފައިވަނީ އުމުރުން 73 އަހަރުގެ އަންހެނެކެވެ.

އޭނާ ނިޔާވެފައިވަނީ ހުޅުމާލެ އޮރެންޖް ފެސިލިޓީގައި ފަރުވާދެމުން ގެންދަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އަދި އޭނާ ނިޔާވެފައިވަނީ މެންދުރު ފަހުގެ ވަގުތެއްގަ އެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަނެއްކާވެސް ގިނަވާން ފަށާފައިވާއިރު، ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް އިއްޔެ ވެސް މީހަކު ވަނީ ނިޔާވެފަ އެވެ. އިއްޔެ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާހޯދަމުން ދިޔަ އުމުރުން 80 އަހަރުގެ އަންހެނެކެވެ.

މިދިޔަ ހަފްތާގައި ކޮވިޑާ ގުޅިގެން މިދިޔަ ހަފްތާގައި އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ކޮވިޑަށް ފަރުވާކުރުމަށް 54 މަީހަކަށް އަންނަނީ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދެމުންނެވެ.

ހަފްތާއެއްގެ ތެރޭގައި ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ އަދަދު 1134 އަށް އަރާފައިވާއިރު، މިހާތަނަށް ކޮވިޑު ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ވަނީ 308 އަށް އަރާފަ އެވެ.