އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން ބާރްތީ ސިންގް އާއި އޭނާގެ ފިރިމީހާ ލިޔުންތެރިޔާ ހަރްޝް ލިމްބާޗިޔާގެ އަލަތު ދަރިފުޅު ފުރަތަމަ ފަހަރަށް އާންމުންނަށް ދައްކާލައިފި އެވެ.

އިންޑިއާގެ އެންމެ ކާމިޔާބު ކޮމީޑިއަނުންގެ ތެރޭގައި ހިމެނޭ ބާރްތީގެ ދަރިފުޅު ދައްކާލާފައި ވަނީ އެމީހުންގެ ޔޫޓިއުބް ޗެނަލުން އާންމުކޮށްފައިވާ ވީޑިއޯއަކުންނެވެ.

އެ ވީޑިއޯގައި ބާރްތީ ވަނީ ދަރިފުޅު ކޮޓަރި އާއި ކުޅޭ ސާމާނު ދައްކާލައިފަ އެވެ. އަދި އެއަށް ފަހު އަލަތު ދަރިފުޅުގެ މޫނު އާމުންނަށް ދައްކާލި އެވެ. އަދި ކުރީގެ ފޮޓޯ ޝޫޓްތަކުގެ މަންޒަރުތައް ވެސް ފެނެ އެވެ. އަދި އެ ވީޑިއޯގައި ވަނީ އެ މީހުންގެ ދަރިފުޅު އެންމެ ވައްތަރީ ކާކާތޯ ސުވާލުކޮށްފަ އެވެ. އެ ސުވާލަށް ބައެއް ފޭނުން ބުނެފައިވަނީ ލަކްޝް ވައްތަރީ ބާރްތީއާ ކަމަށެވެ. އަނެއް ބަޔަކު ބުނެފައިވަނީ ލަކްޝްގެ ލޯ ވައްތަރީ ހަރްޝްއާ ކަމަށެވެ.

https://www.youtube.com/watch?v=gY5vjMZhiiA

ތިން މަސް ފަހުން، އެ މީހުންގެ ފޭނުންނަށް ކުއްޖާ ދައްކާލިއިރު މީގެ ކުރިން ބާރްތީ އާންމުކުރި ވީޑިއޯއެއްގައި ވަނީ އެމީހުން ދަރިފުޅަށް ކިޔާ ނަން ހާމަކޮށްފަ އެވެ. އެގޮތުން ބާރްތީ އާއި ހަރްޝްގެ ދަރިފުޅަށް ކިޔަނީ ލަކްޝް އެވެ.

https://www.instagram.com/p/Cf5jFRCIbFy/

ބާރްތީ ވިހެއީ މި އަހަރުގެ އޭޕްރީލު މަހުގެ 3 ވަނަ ދުވަހު އެވެ. އޭރު އޭނާ މަސައްކަތް ކުރަމުންދިޔައީ ކަލާޒް ޓީވީން ދައްކަމުން ދިޔަ ރިއަލިޓީ ޓީވީ ޝޯ "ހުނަރުބާޒް"ގެ ހޯސްޓްގެ ގޮތުގަ އެވެ. ބާރްތީ އާއި ހަރްޝް އަކީ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ދެ ފަންނާނުނެވެ.

ހަރްޝް އާއި ބާރްތީ ކައިވެނި ކުރީ 2017 ވަނަ އަހަރު ޑިސެމްބަރު މަހު ގޯއާގަ އެވެ.