ގިނަ ދިވެހީންތަކަކާއެކު އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އަލަމް ގިރި ހައްޔަރުކޮށްފައިވަނީ އެއް ޖިންސުން ގުޅުންހިންގުމުގެ ތުހުމަތުގައި ނޫންކަން ހާމަވެއްޖެ އެވެ.

އަލަމްގިރި ހައްޔަރުކުރި ސަބަބު ބަޔާންކޮށް ފުލުހުން ލިޔެފައިވާ ލިޔުމެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ލީކްވެފަ އެވެ.

ސޯޝަލް މީޑިއާގައި ލީކްވެފައިވާ ލިޔުމުގައި ބުނެފައިވާ ގޮތުގައި އަލަމްގިރި ފުލުހުން ހައްޔަރުކޮށްފައި ވަނީ ރާއްޖޭގެ ސިޔާސީ އެކި ފަރާތްތަކާއި ހައި ޕްރޮފައިލް ފަރާތްތައް ހިމެނޭހެން ބައެއްގެ އެއްޖިންސުން ގުޅުން ހިންގާ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ހުރިކަމަށް ބުނެ، އެ ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުން ފައިސާ ހޯދަން ޑިމާންޑުކޮށް ބްލެއިކްމެއިލްކުރި މައްސަލާގަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުން ފައިސާ ނުދީފި ނަމަ އެ ވީޑިއޯތައް އާންމުކުރާނެ ކަމަށް ބުނެ، އެ މީހުންނަށް ބިރު ދައްކައި އިންޒާރުދީ ބްލެކްމެއިލް ކޮށްފައިވެ އެވެ. އަދި އޭގެ އިތުރަށް އެ މީހުން އެއްޖިންސުން ގުޅުން ހިންގި ވީޑިއޯތަކާއި ފޮޓޯތައް ސިޔާސީ މީހުންނަށް ވިއްކައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދަން އުޅެފައިވާ ކަމަށް ވެސް އެ ލިޔުމުގައި ވަނީ ބުނެފަ އެވެ.

އަލަމްގިރި ހައްޔަރުކުރީ އެއްޖިންސުން ގުޅުން ހިންގި މީހުންނަށް ބިރުދައްކައި އެ މީހުން އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދަން އުޅުމާއި، އެ މަންޒަރު ހިމެނޭ ފޮޓޯ އާއި ވީޑިއޯ ސިޔާސީ މީހުންނަށް ވިއްކައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދަން އުޅުމުގައި އޭނާ ޝާމިލުވާކަމުގެ ތުހުމަތުގަ އެވެ.

އަލަމްގިރި ހައްޔަރު ކުރި މައްސަލާގައި ފުލުހުންގެ ލިޔުން

އަލަމްގިރިގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ފަސް ދުވަސް ކޯޓުން އިތުރުކޮށްފައިވެ އެވެ.

އަލަމްގިރިއާއެކު އެއްޖިންސުން ގުޅުންހިންގި މީހުންގެ ތެރެއިން ތިން މީހެއްގެ ވީޑިއޯ މިހާރު އާންމުވެފައިވެ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އަދި ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުގެ އޮޕަރޭޝަންސްގައި މަސައްކަތްކުރާ ސާޖަންޓް އަބްދުއްރަހްމާން ރަފީއު (ދޮންދިގު) އެވެ.

މި މައްސަލަތަކާ ގުޅިގެން އަލަމްގިރިއާއި ކާނަލް ނަޝީދާއި ނާޒިމް ސައްތާރުގެ ޕާސްޕޯޓު ހިފަހައްޓާފައިވެ އެވެ. މި މައްސަލަތައް ފުލުހުން ބަލަމުން އަންނަކަމަށް ބުނެފައިވާއިރު އެ މައްސަލާގައި އަލަމްގިރިގެ އިތުރަށް ސުވާލުކުރުމަށް ފުލުހަށް ހާޒިރުކޮށްފައިވަނީ ނާޒިމް ސައްތާރެވެ.

އެއްޖިންސުން ގުޅުން ހިންގި މީހުން ބްލެކްމެއިލް ކުރާ މައްސަލައެއް މިދިޔަ މާޗް މަހުން ފެށިގެން ފުލުހުން އައީ ތަހްގީގު ކުރަމުންނެވެ. ނަމަވެސް އެމައްސަލަ ތަހްގީގު ކުރާކަން ފުލުހުން ކަށަވަރު ކޮށްދިނީ މިދިޔަ މަހު ފަހުކޮޅު ނާޒިމްގެ ވީޑިއޯ ލީކް ވުމުންނެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލަ ނުބަލައި ދިވެހިން ފުލުހުން އިސްކަމެއްދީގެން ބަލަމުންދަނީ އެވީޑިއޯތައް ލީކްކުރި މައްސަލަ އެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުން އަންނަނީ ފާޅުކުރަމުންނެވެ.