ސްރީލަންކާގެ ރައްޔިތުންނަށް ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވުމުން އެ ގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައާ މެދު ދިވެހި ސަރުކާރުން އަމަލުކުރީ ވަރަށް ވިސްނުންތެރިކަމާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ގޮތަބަޔާ އިސްތިއުފާދެއްވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ ފުރާނަފުޅަށް ނުރައްކަލެއް ނެތް ނަަމަ އެމަނިކުފާނު އިސްތިއުފާދެއްވާނެ ކަމަށް އަދިވެސް ގަބޫލުފުޅުނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް [ގޮތަބަޔާ ރާޖަޕަކްސަ] ލަންކާގައި ހުންނެވި ނަމަ ފުރާނަ ގެއްލޭނެ ކަމުގެ ބިރު އޮތުމުން އިސްތިއުފާ ނުދެއްވީސް. ދިވެހި ސަރުކާރުގެ ވިސްނުންތެރި އަމަލުތަކަށް އަޅުގަނޑު ތައުރީފު ކުރަން،" ނަޝީދު ވިދާޅުވި އެވެ.
ގޮތަބަޔާ ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި ރައީސް ނަޝީދު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންފަ އެވެ.
އެމަނިކުފާނު ރާއްޖޭގައި ހުންނެވީ އިތާފުށި ރިސޯޓްގަ އެވެ. ސިންގަޕޫރަށް ވަޑައިގަތީ މިއަދުގެ ވަގުތެއްގަ އެވެ.
ގޮތަބަޔާގެ އަމިއްލަފުޅު ގެގޮޅުގައި ސްރީލަންކާގެ ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ ހުޅުޖަހައި އަންދާލައިފަ އެވެ.
"މެއިނޭ ޕްޔާރް ކިޔާ"އަށްފަހު ސަލްމާނަށް ފިލްމެއް ނުލިބުނީ ކީއްވެ؟
ރައީސް އޮފީހުގައި 34 އަހަރު ހިދުމަތްކުރެވި ޝަރީފު އަވަހާރަވެއްޖެ
ހުން އަންނަ ކޮންމެ ފަހަރަކު އެންޓި ބައޮޓިކްސް ބޭނުން ނުކުރާތި!
