މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް އާއި އެކްޓަރު ބެން އަފްލެކް ކައިވެނިކޮށްފި އެވެ.

ޕީޕަލް މެގަޒިންއިން ބުނާ ގޮތުގައި ޖެނިފާ އާއި ބެން ކައިވެނިކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ލަސްވެގަސްގައި ކަމަށެވެ.

އެ ނިއުސްލެޓަރުގައި ސޮއިކޮށްފައި ވަނީ "މިސިސް ޖެނިފާ ލީން އަފްލެކް" ކަމަށް ދަ ލޮސް އެންޖެލިސް ޓައިމްސް އިން ރިޕޯޓްކޮށްފައިވާއިރު، މިއީ އެވޯޑް ލިބިފައިވާ މުނިފޫހިފިލުވުމުގެ ފަންނާނަށް ނަން ބަދަލުކޮށްފައިވާ ކަމެއް ކަމަށް ވެސް ދަ ލޮސް އެންޖެލިސް ޓައިމްސް އިން ބުނެ އެވެ.

ލޮޕޭޒް ސޯޝަލް މީޑިއާގައި އާންމުކުރި ފޮޓޯއެއްގައި އޭނާ ފެންނަނީ އެނދެއްގައި ރިހި ކުލައިގެ ވެޑިން އަނގޮޓިއެއް ހިފަހައްޓައިގެން ހުންނަތަނެވެ.

"ބެނިފާ" ގެ ނަމުން މަޝްހޫރުވެފައިވާ ގްލޭމަރަސް ޑިއޯއެއް ކަމަށްވާ އަފްލެކް އާއި ލޮޕޭޒް ގާތްގަނޑަކަށް 20 އަހަރަށް ފަހު މިދިޔަ އަހަރު އަލުން ވަނީ ގުޅިފަ އެވެ. އެމީހުން އެންގޭޖްވީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

އުމުރުން 52 އަހަރުގެ ޖެނިފާ އާއި 49 އަހަރުގެ ބެން 2004 ވަނަ އަހަރު ވެސް ލޯބީގެ ގޮތުން ގުޅިގެން ގިނަ ދުވަސްތަކަކު އުޅުމަށް ފަހު އެންގޭޖްވި އެވެ. ނަމަވެސް އޭގެ ފަހުން ދެމީހުން ވަކިވެ، ދެމީހުން ވެސް އެހެން މީހުންނާ ކައިވެނިކޮށް ދަރިން ވެސް ހޯދި އެވެ.