މޮރޮކޯގެ ކޮންސިއުލޭޓެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ހުޅުވައިފި އެވެ.
މިދިޔަ ހޯމަ ދުވަހު ހުޅުވި އެ ކޮންސިއުލޭޓް ގާއިމުކޮށްފައިވަނީ ހެންވޭރު އަމީރު އަހުމަދު މަގުގައި ހުންނަ އޭޑީކޭ ޓަވަރުގަ އެވެ. އެ ކޮންސިއުލޭޓް ހުޅުވީ ރާއްޖެ އާއި މޮރޮކޯއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުންނެވެ.
އެ ރަސްމިއްޔާތުގައި މޮރޮކޯ އިން ރާއްޖެއަށް ކަނޑައަޅާފައިވާ އޮނަރަރީ ކޮންސުލް އަހްމަދު ނާޝިދު (އޭޑީކޭ ނާޝިދު) އާއި، ފޮރިން މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ. މޮރޮކޯގެ އޮނަނަރީ ކޮންސިއުލޭޓް ހުޅުވުމުގެ ގޮތުން އެ އިމާރާތުގައި މޮރޮކޯގެ ދިދަ ނަންގަވައިދެއްވީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފެވެ.
މޮރޮކޯގެ ސަފީރު މުހައްމަދު މާލިކީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮރިން ސެކްރެޓަރީ އަހުމަދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ވެސް ކުރެއްވި އެވެ.
ފޮރިން މިނިސްޓްރީގައި ކުރިއަށްގެންދިޔަ އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި، ދެގައުމުގެ ރައްޔިތުންގެ މެދުގައި ވާ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
ރާއްޖެ އާއި މޮރޮކޯއިން ހާރިޖީ ގުޅުން ގާއިމު ކޮށްފައިވަނީ ފެބްރުއަރީ 4، 1988 ގަ އެވެ.
މޫސާ ލަތީފުގެ ކުޑަކުދިންގެ ވާހަކަ ސިލްސިލާ "ދޮންކޮ" ނެރެފި
އެންޓާޓިކާގެ ލޭގެ ކޯރުގެ ސިއްރަކީ ކޮބާ؟
"އެވެޓާ"ގެ އާ ފިލްމަށް ބެލުންތެރިންގެ ތައުރީފު އޮހެނީ!
