ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގްގެ ބަރަހަނާ ފޮޓޯތަކަށްފަހު އޭނާއަށް ވަނީ ފާޑުކިޔުންތަކެއް އަމާޒުވެގެން ގޮސްފަ އެވެ. އަދި ސޯޝަލް މީޑިއާގައި ތަފާތު މީިމްތައް ހަދައިގެން ބައެއް މީހުން ވަނީ ޖޯކު ވެސް ޖަހާފަ އެވެ.

އެހެން ނަމަވެސް މިފަހަރު މިވަނީ ރަންވީރު ސިންގް އާ ދެކޮޅަށް ފުލުހުންނަށް މައްސަލައެއް ހުށަހަޅާފަ އެވެ. އެގޮތުން "އަންހެނުންގެ ޝުއޫރުތަކަށް އަނިޔާކުރި" ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް ރަންވީރުއާ ދެކޮޅަށް ވަނީ މައްސަލަ ހުށަހަޅާފަ އެވެ.

ރަންވީރުގެ ބަރަހަނާ ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާއިރު އޭނާ މިހާރު މިވަނީ ގާނޫނީ މައްސަލައެއްގައި ތާށިވެފަ އެވެ.

އިންޑިއާ ޓުޑޭ އިން ބުނި ގޮތުގައި ރަންވީރާ ދެކޮޅަށް "އަންހެނުންގެ ޝުއޫރުތަކަށް އަނިޔާކުރި" ކަމަށް ބުނެ ޝަކުވާއެއް މުމްބާއީ ޕޮލިސްއަށް ވަނީ ހުށަހަޅާފަ އެވެ. އެ ޝަކުވާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައިނުވެ އެވެ.

ރަންވީރު އެ ފޮޓޯތައް ނަގާފައި ވަނީ ނިއު ޔޯކް މެގަޒިނެއް ކަމަށްވާ ޕޭޕާ މެގަޒިން އަށެވެ.

މި އަހަރުގެ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު ރަންވީރު ސިންގްގެ ބަރަހަނާ ތަސްވީރުތައް އެ މެގަޒިންއިން އާއްމު ކުރިއިރު، އެ ފޮޓޯތަކަށް އެތައް ބައެއްގެ ސަމާލުކަން ލިބުނު ކަމަށް ރިޕޯޓްތައް ބުނެފައި ވެއެވެ.

އެ ފޮޓޯތަކުގެ ދިފާއުގައި ރަންވީރު ވެސް ވާހަކަ ދައްކާފައިވާއިރު، އޭނާގެ އަންހެނުން ބަތަލާ ދިޕިކާ ވެސް ރަންވީރުގެ ދިފާއުގައި ވަނީ ވާހަކަ ދައްކާފަ އެވެ.