ސަމަންތާ ރޫތު ޕްރަބޫ އާއެކު ފިލްމެއްގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް ބުނެފި އެވެ.

ރަންވީރު މިހެން ބުނީ ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު ގެނެސްދޭ "ކޮވީ ވިތު ކަރަން"ގެ ސޯގައި ސަމަންތާ އެންމެ ބޭނުންވަނީ ރަންވީރާއެކު ފިލްމެއްގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބުނެފައިވާ ވަގުތެއްގައި އެވެ.

"ކޮފީ ވިތް ކަރަން" ސޯގައި ސަމަންތާ ބައިވެރިވެފައިވަނީ އަކްޝޭ ކުމާރާއެކު އެވެ. އެހެން ނަމަވެސް އެސޯގައި ސަމަންތާ ވަނީ ރަންވީރަށް ތައުރީފުކޮށް ވާހަކަ ދައްކައިފަ އެވެ.

މީގެ ކުރިން ސަމަންތާ އާއި ރަންވީރު ވަނީ އިސްތިހާރެއްގައި މަސައްކަތް ކޮށްފަ އެވެ. ސަމަންތާއެކު އިސްތިހާރަކަށްވުރެން ބޮޑު ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށް ރަންވީރު ވަނީ ބުނެފަ އެވެ.

https://www.youtube.com/watch?v=wu_QfOnYIGQ&t=3s

ތަމަޅަ ފިލްމުތަކުން މަގުބޫލުކަން ހޯދި ސަމަންތާއަށް އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ މިދިޔަ އަހަރު ނެރުނު "ޕުސްޕާ" އިން ނެވެ.

އެންމެ ފަހުން ސަމަންތާ ފެނުނީ "ކާއްތޫ ވާކުލާ ރެންދޫ" އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ވިޖޭ ދެރަވަކޮންޑާ އާއެކު ފެންނާނެ ޓެލުގޫ ފިލްމު 'ޚުޝީ' އެވެ.

އަދި މީގެ އިތުރުން "ފެމިލީ މޭން 2" އަށް ފަހު ސަމަންތާ ރޫތު ޕްރަބޫ ބޮލީވުޑް ފިލްމުތަކަށް އަންނަނީ ސޮއި ކުރަމުންނެވެ.

https://www.instagram.com/p/CgLp2IyI8Az/?hl=en

ރަންވީރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި 'ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ' އަދި 'ސާކަސް' ހިމެނެ އެވެ.