ބޮލީވުޑްގެ ތަރި ބިޕާޝާ ބާސޫ އާއި ކަރަން ސިންގް ގްރޯވާއަށް އަލަތު ދަރިޔަކު ލިބެން އުޅޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ބިޕާޝާ އާއި ކަރަން ކައިވެނި ކުރީ 2016 ވަނަ އަހަރުގެ އޭޕްރީލު މަހުގެ 30 ވަނަ ދުވަހު އެވެ.
ޕިންކް ވިލާ އިން ރިޕޯޓްކޮށްފައިވާގޮތުގައި ބިޕާޝާ އާއި ކަރަންގެ ފުރަތަމަ ދަރިފުޅަށް ވަރަށް އަވަހަށް މަރުހަބާ ކިޔާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް މިދެ ތަރިން ރަސްމީކޮށް އެކަން އިއުލާނު ކުރާނެ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
ކަރަން އާއި ބިޕާޝާ ކައިވެނިކޮށްގެން އުޅޭތާ ހަ އަހަރު ވެފައިވާއިރު އެމީހުން ތިބީ އާ މަރުހަލާއަށް ތައްޔާރުވެގެންނެވެ.
ބިޕާޝާ އާއި ކަރަން ސިންގް ގްރޯވާ ދިމާވެފައިވަނީ 2015 ވަނަ އަހަރު ރިލީޒްކުރި ބޫޝަން ޕަޓޭލްގެ ބިރުވެރި ފިލްމު "އެލޯން" ގެ ޝޫޓިން ތެރެއިންނެވެ.
މިއަހަރުގެ ކުރީކޮޅު ކަރަން އާއި ބިޕާޝާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ. ބިޕާޝާ އޭނާގެ އިންސްޓަގްރާމްގައި އެދެމީހުން ފޮޓޯތައް ވަނީނ ހިއްސާކޮށްފަ އެވެ.
ކަރަން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޣުބޫލް ހައި 2.0 އިންނެވެ. ބިޕާޝާ ފެނިގެން ގޮސްފައިވަނީ ޑޭންޖަރަސް އިންނެވެ.