ރީތިކަން ހާސިލްކުރުމަށްޓަކައި މަސައްކަތް ކުރާ އަންހެނުންގެ ވާހަކަ ތަކަކީ އަބަދުވެސް އިވޭ ވާހަކަ ތަކެކެވެ. އެގޮތުން އަންހެނުން ޕްލާސްޓިކް ސާޖަރީ ހަދާ ކަމާއި، އިތުރަށް ރީތިވުމަށްޓަކައި މޭކަޕް ކޮށް، ހަށިގަނޑުގެ ބައްޓަން ރީތި ކުރުމަށް ކުރާ އެކި އެކި އޮޕަރޭޝަން ތަކުގެ ވާހަކަކަކީ މިހާރު އައު ވާހަކަ ތަކެއް ނޫނެވެ.

އެ ދާއިރާގައި ފިރިހެނުންގެ ނަން މަދުވި ނަމަވެސް، އޭގެ ތެރޭގައި ހިމެނޭ ފިރިހެނުންގެ އަދަދު މަދެއް ނޫނެވެ. އެގޮތުން ބޮލީވުޑްގައި އެންމެ މަޝްހޫރުކަން ހޯދާފައިވާ މި ތިން ފަންނާނުންނަކީވެސް ރީތިކަން ހާސިލްކުރުމަށްޓަކައި އެމީހުންގެ އަސްލު ސިފަ ވަރަށް ބޮޑަށް ބަދަލުކޮށްފައިވާ ތަރިންނެވެ.

ލިސްޓުގެ ފުރަތަމައިގައި ހިމެނެނީ އަމީތާބް ބައްޗަން އެވެ. ގުދުރަތީ ގޮތުން އަމީތާަބުގެ ބޮލުގައި އިސްތަށި މަދު ނަމަވެސް އޭނާ ވަނީ އިސްތަށިގަނޑެއް ޖަހައި އެކަން އާންމުންނަށް ފޮރުވާފަ އެވެ.

ލިސްޓުގެ ދެވަނައިގައި ގޯވިންދާ ހިމެނޭއިރު، ގިނަ ބަޔަކަށް މިކަމުން ބޮޑު ހައިރާންކަމެއް ލިބޭނެ އެވެ. ސަބަބަކީ ދުވަހަކުވެސް އާންމުންނަށް އޭނާގެ ބޮލުން އިސްތަށި މަދުވެފައި ހުރި މަންޒަރެއް ނުފެނުމެވެ. ބޯ ތަލަ މީހުންގެ ތެރޭގައި ގޯވިންދާވެސް ހިމެނޭއިރު، އޭނާ ވަނީ ވަރަށް ކުރިއްސުރެ އާންމުންނަށް މިކަން ސިއްރުކޮށްފަ އެވެ. އަދި އެކަން ސިއްރުކުރުމަށް އޭނާ އިސްތަށިގަނޑެއް ޖަހައިގެން އުޅޭކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ.

އޭގެ އިތުރުން މި ލިސްޓުގައި ބޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ސަލްމާނު ޚާންވެސް ހިމެނެ އެވެ.

ރީތިކަން ހާސިލްކުރުމަށްޓަކައި އޭނާ މޫނުގެ ބައެއް ތަންތަނުން ޕްލާސްޓިކް ސާޖަރީ ހަދާފައި ކަމަށާއި، އިސްތަށި މަދުވެފައިވާކަން ހާމަނުކުރުމަށް އޭނާ ހެއާ ޓްރާންސްޕްލާންޓް ޓްރީޓްމަންޓް ހަދާފައި ހުރި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ.