ޓައިޕެއި (އޮގަސްޓް 2) - ޗައިނާގެ އިންޒާރުތަކަށް ބެލުމެއް ނެތި، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނެންސީ ޕެލޯސީ މިއަދު ޓައިވާނަށް ވަޑައިގެންފި އެވެ.
ޕެލޯސީއާއި އެކަމަނާގެ ވަފުދު އެމެރިކާގެ އެއާފޯސްގެ މަތިންދާބޯޓު ޖެއްސީ އަންގާރަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ޓައިޕޭގެ ވެރިރަށް ޓައިޕޭގެ ސޮންގްޝަން އެއާޕޯޓަށެވެ. އަދި އެއާޕޯޓުން މަރުހަބާ ދެންނެވީ ޓައިވާންގެ ޚާރިޖީ ވަޒީރު ޖޯސެފް ވޫއާއި، ޓައިވާންގައި ހުންނަވާ އެމެރިކާގެ އެންމެ އިސް މަންދޫބު ސެންޑްރާ އޮޑްކިރް އެވެ.
ޕެލޯސީ ބެއިޖިންއަށް ވަޑައިގަތުމާއެކު ޗައިނާގެ ޚާރިޖީ ވުޒާރާއިން ވަނީ ޗައިނާގެ ސިޔާދަތާއި އިސްތިގުލާލަށް ވަރަށް ބޮޑަށް އަރައިގަނެފައިވާ ކަމަށް ބުނެ ނުރުހުން ފާޅުކޮށްފަ އެވެ. އަދި އޭނާ ވަޑައިގަތުމުގެ ކުރިން އަސްކަރީ ހަރަކާތްތަކެއް ފަށައި، ޗައިނާގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތައް ޓައިވާންގެ ކަނޑުއޮޅި މަތިން އުދުހެން ވަނީ ފަށައިފަ އެވެ.
ޕެލޯސީ އޭޝިއާގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި ސިންގަޕޫރު، މެލޭޝިއާ، ވަޑައިގެންފައިވެ އެވެ. އަދި ދެކުނު ކޮރެއާ އަދި ޖަޕާނަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ. ޓައިވާންގައި އެކަމަނާ މަޑުކުރައްވާނެ ކަން ކުރިން އިއުލާން ކުރައްވާފައި ނުވި ނަމަވެސް، ގިނަ ބަޔަކު ދިޔައީ ޓައިވާންގައި މަޑުކުރައްވާނެ ކަމަށް އިންތިޒާރު ކުރަމުންނެވެ.
ޓައިވާނަކީ އަމިއްލަ ވެރިކަމެއް ކުރާ ގައުމެއްކަމަށް ޗައިނާއިން ބުނަމުންދާއިރު، ޚާރިޖީ ވުޒާރާގެ ތަރުޖަމާނަކު މި ހަފްތާގެ ކުރީކޮޅު ވިދާޅުވެފައިވަނީ ޕެލޯސީގެ ދަތުރުފުޅަކީ "ޗައިނާގެ ދާޚިލީ ކަންކަމަށް ވަރަށް ބޮޑު ނުފޫޒު ފޯރުވާނެ ދަތުރުފުޅެއް" ކަމަށާއި "ޗައިނީޒް ޕީޕަލްސް ލިބަރޭޝަން އާމީއިން ދުވަހަކު ވެސް އެކަމާ އެއްބަހެއް ނުވާނެ" ކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ. -- ރޮއިޓާސް