ބޮލީވުޑްގެ މަޝްހޫރު ތަރި، ޝާހިދު ކަޕޫރްގެ ކުރިއަށް އޮތް ފިލްމު "ބްލަޑީ ޑެޑީ" ސިނަމާތަކަށް ގެނައުމުގެ ބަދަލުގައި ޑިޖިޓަލްކޮށް ޕްރީމިއާކުރަން ނިންމައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި "ޓައިގާ ޒިންދާ ހޭ" އާއި "ސުލްތާން" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުގެ "ބްލަޑީ ޑެޑީ" ސިނަމާތަކުގައި ރިލީޒް ކުރުމުގެ ބަދަލުގައި ޑިޒިޓަލްކޮށް ރިލީޒްކުރުމަށް ވަނީ ނިންމާފަ އެވެ.

ޝާހިދު ވަރުގަދަ އެކްޝަން ރޯލަކުން ފެންނަ މިފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ ކަލާޒް ޗެނެލްގެ ސްޓްރީމިން ޕްލެޓްފޯމް، ވޫޓް ސިލެކްޓުންނެވެ. މިފިލްމު ރިލީޒްކުރާ ތާރީހެއް އަދި ރަސްމީކޮށް އިއުލާނު ކޮށްފައެއް ނުވެ އެވެ.

https://www.instagram.com/p/CWKbLanFIxx/

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އަހަރުގެ ބާކީ އަދި ހަތަރު މަސް އޮތުމާ އެކީ މި އަހަރު ނިމުމުގެ ކުރިން "ބްލަޑީ ޑެޑީ" ބެލުންތެރިންނަށް ދޫކޮށްލާނެ އެވެ. ވަރަށް ބޮޑު ބައި ޔޫއޭއީގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ފްރާންސްގެ 2011 ގެ އެކްޝަން ތުރިލާ ނުއީ ބްލާންޗް (ސްލީޕްލެސް ނައިޓް) އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

https://www.instagram.com/p/CclOyl_v1Xz/?hl=en

ޝާހިދުގެ އެންމެ ފަހުގެ ފިލްމަކީ އެޕްރީލްގައި ބެލުންތެރިންގެ ރިލީޒްކޮށް، ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ނުލިބުނު ސްޕޯޓްސް ޑްރާމާ "ޖާޒީ" އެވެ.

ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ބާރަތު" އެވެ. އަލީ ދެން ހަދަން އޮތް ފިލްމަކީ އަންނަ އަހަރު ޑިސެމްބަރުގައި ރިލީޒްކުރަން ހަދާ އަކްޝޭ ކުމާރާއި ޓައިގާ ޝްރޮފްގެ "ބަޅޭ މިޔާ ޗޯޓޭ މިޔާ" އެވެ.