މުސާރަ ބޮޑު ކުރުމަށްފަހު ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެންޑީއޭއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެއެޖެންސީގެ ސީއީއޯގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މިމަގާމަކީ ތިން އަހަރުގެ ދައުރަކަށް އައްޔަންކުރާ މަގާމެއް ކަމަށްވެސް އެންޑީއޭއިން ބުނެ އެވެ.
އެންޑީއޭގެ ސީއީއޯގެ މަގާމަށް މުސާރައިގެ ގޮތުގައި މީގެކުރިން ދެމުން އައީ މަހަކު 18،000ރ. އާއި 1،000ރ. ގެ ފޯނު އެލަވަންސް އަދި ލިވިން އެލަވަންސަށް 12،500ރ. އާ އެކު ޖުމްލަ 31،500ރ. އެވެ. ނަމަވެސް މި ފަހަރު ސީއީއޯގެ މަގާމަށް ކޯށްފައިވާ އިއުލާނުގައި އެ މަގާމުގެ މުސާރަ ވަނީ 48،450ރ. އަށް ބޮޑުކޮށްފަ އެވެ.
އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި މާސްޓާސް ޑިގްރީ ނުވަތަ ކަމާގުޅުންހުރި ދާއިރާއަކުން ޑިގްރީ ހާސިލްކޮށް، ލީޑަޝިޕްގައި ފަސް އަހަރު މަސައްކަތްކުރުމުގެ ތަޖުރިބާ ނުވަތަ ހިންގުމުގެ ދާއިރާގައި 10 އަހަރު މަސައްކަތްކުރުމުގެ ތަޖުރިބާ ހުރުން ހިމެނެ އެވެ.
 މީޑިއާތަކަށް ފައިސާ ދިނުން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށްފި
			މީޑިއާތަކަށް ފައިސާ ދިނުން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށްފި
		 އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
			އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
		 ދިވެހި ބަހުން ފުރަތަމަ ޕީއެޗްޑީ ހާސިލްކުރެއްވުމުގެ ޝަރަފު!
			ދިވެހި ބަހުން ފުރަތަމަ ޕީއެޗްޑީ ހާސިލްކުރެއްވުމުގެ ޝަރަފު!
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					