މަންތާ އެއާލައިން އާއި ފްލައިމީއަށް ކުރިއަށް އޮތް ތިން މަސް ދުވަހު ތެރޭގައި ބަލި މީހުން އުފުލޭނެ ގޮތް ހެދުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފި އެވެ.
މަންޓާ އެއާލައިން އާއި ފްލައިމީއަށް މިގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން އެންގީ ދ.ކުޑަވަދޫގައި ބަލި މީހަކު ފްލައިޓްގައި ނުގެންދެވޭނެކަން މަންތާ އެއާލައިން އެންގުމާއި ގުޅިގެން އެރަށުގައި ކުރި މުޒާހަރާތަކާއި ގުޅިގެނެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މަންޓާ އެއާލައިން އާއި ފްލައިމީއަށް ބަލި މީހުން އުފުލޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް އެންގުމަށް ސިވިލް އޭވިއޭޝަނަށް މެމޯއަކުން މިނިސްޓްރީއިން މިހާރު ވަނީ އަންގާފަ އެވެ. އަދި އެކަން ނުކޮށްފިނަމަ ފިޔަވަޅު އަޅަން މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
މަންޓާއިން ބަލި މީހަކު ނުގެންގޮސްދިން ކަމަށް ބުނެ ކުޑަހުވަދޫ ރައްޔިތުން ހިތްހަމަނުޖެހި މުޒާހަރާވެސް ކޮށްފައިވާއިރު، މިކަމާ ގުޅިގެން މަންޓާއިން ބުނެފައި ވަނީ އެކުންފުނިން ބޭނުންކުރާ އޭޓީއާރް މަރުކާގެ ބޯޓުތައް ފަރުމާކޮށްފައި ހުންނަނީ ސްޓްރެޗާ އެރުވޭ ގޮތަށް ނޫން ކަމަށެވެ. އެހެންކަމުން އޭގައި ބަލި މީހުން ނޫފުލޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެ އެވެ.
ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ތެރެއިން ބަލި މީހުން އުފުލަނީ ގައުމީ އެއާލައިން މޯލްޑިވިއަންއިންނެވެ.
މިނިސްޓަރ ބީތާވެފަތޯ ހުރިީ ނޫނީ ހިއްޕަވައިގެންތޯ ހުންނެވީ މަންތާ އިން މީގެ އެތަކެއް މަސް ކުރިން މި ހުއްދަ އަށް އެދިފައިވީރު. ކޮންމެހެން މެމޯ އެއް ސާކިއުލާއެއް ކިޔާނެކަމެއް ނެތް. 2 މަހަށްވުރެ ގިނަވާއިރު މިކަން ނުވެއޮތީ ޒިންމާ ނުނަގާތީކަން ރައްޔިތުންނަށް ވަރަށް ސާފު. ޢިސްތިއުފާ ދީބަލަ. މަޤާމުގެ ދަހިވެތިކަމުގަ ތިއުޅެނީ. ތިހިރީ އަމިއްލަ އެދުމާއިގެން ފޯވެފަ.