ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރާއި އެކްޓަރެސް ކްރިތީ ސެނޮން ރޮބޮޓް ފިލްމަކަށް ސޮއިކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޝާހިދު އާއި ކްރިތީ ފުރަތަމަ ފަހަރަށް ފެނިގެންދާނީ ޑައިރެކްޓަރު ދިނޭސް ވިޖާން އުފެއްދުމަށް ނިންމާފައިވާ ރޮބޮޓް ފިލްމުގަ އެވެ. އަދި މިފިލްމަކީ ފިރިހެނަކާއި ރޮބެޓަކާ ދެމެދު ހިންގާ ލޯބީގެ ކަންތައްތައް ކިޔައިދޭ ފިލްމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިފިލްމު ޑައިރެކްޓް ކުރާނީ އަމިތް ޖޯޝީ އެވެ. މިއީ އަމިތްގެ ފުރަތަމަ ޑައިރެކްޝަން ފެނިގެންދާނެ ފިލްމެވެ. އޭނައަކީ އަންނަ ސެޕްޓެމްބަރު މަހު ޑައިރެކްޓަރު މަދޫރް ބަންޑާކަރް ގެނެސްދޭން ހަމަޖެހިފައިވާ "ބަބްލީ ބައުންސާ" ގެ ސްކްރީން ރައިޓަރެވެ.

https://www.instagram.com/p/CeX3N5sPn9q/

މި ފިލްމުގައި ޝާހިދު މީގެ ކުރިން ނުފެންނަ ކަހަލަ ރޯލެއް ފެނިގެންދާއިރު، ކްރިތީ ވެސް ފެނިގެންދާނީ ތަފާތު ރޯލަކުންނެވެ. މިހާތަނަށް އައިއިރު ފިލްމުގެ ނަން އިއުލާނުކޮށްފައި ނުވާއިރު ދިނޭޝް ވިޖާންގެ މެޑޮކް ފިލްމްސް މިފިލްމާ ބެހޭ ގޮތުން އަދި ރަސްމީކޮށް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.

https://www.instagram.com/p/CgPGZs8oWv_/

މި ފިލްމްއަކީ 2014 ވަނަ އަހަރުގެ ހޮލިވުޑް ފިލްމް "އެކްސް މެޝިން" އާއި ޑްރާމާ ސިލްސިލާ "ބަހޫ ހަމާރީ ރަޖްނިކާންތް" ފަދަ އެއްޗެހީގެ ކޮންސެޕްޓް ކޮންމެވެސް ވަރަކަށް އެޑޮޕްޓް ކޮށްގެން އިންޑިއާގެ ކަލްޗަރުވެސް ފެނިގެންދާނެ ފިލްމެކެވެ.