މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސްއާއި މިއުޒީޝަން މެކްސް މޮރާންޑޯ ކައިވެނި ކޮށްފައިވާ ކަމަށް ހޮލީވުޑްގެ ހަބަރުތައް ބުނެފި އެވެ.
އުމުރުން 33 އަހަރުގެ މައިލީ އާއި 28 އަހަރުގެ މެކްސް ކައިވެނި ކޮށްފައިވަނީ ހޮނިހިރު ދުވަހު އެމެރިކާގެ ކެލިފޯނިއާގެ ޕާމް ސްޕްރިންގްސްގައި ބޭއްވި އަމިއްލަ އަދި ކުޑަ ހަފުލާއެއްގަ އެވެ.
ގާތް ރައްޓެހިންނާއި އާއިލާގެ މެންބަރުން ބައިވެރިވި މި ހަފުލާ ބާއްވާފައިވަނީ ޕާމް ސްޕްރިންގްސްގެ އަމިއްލަ ގެއެއްގަ އެވެ. ކައިވެނީގެ ހަފުލާގެ ކުރިން ހުކުރު ދުވަހުގެ ރޭ ބޭއްވި ރިހާސަލް ޑިނާގައި މައިލީގެ މަންމަ ޓިޝް ސައިރަސް، ކޮއްކޮ ނޯއާ ސައިރަސް އަދި އާއިލާގެ އެހެން މެންބަރުން ވެސް ބައިވެރިވި އެވެ.
މި ދެ މީހުންގެ ގުޅުން ފެށުނީ 2021 ވަނަ އަހަރު ރައްޓެހިން މެދުވެރިކޮށް ބޭއްވި "ބްލައިންޑް ޑޭޓް" އަކުންނެވެ. ގިނަ އަހަރުތަކެއް ވަންދެން ދެ މީހުންގެ ލޯބީގެ ގުޅުން އާންމުންގެ ސަމާލުކަމަށް މާ ބޮޑަށް ނުގެނެސް ސިއްރުން ގެންގުޅެފައިވާއިރު، 2025 ވަނަ އަހަރުގެ ފަހުކޮޅު ދެ މީހުން އެންގޭޖްވިކަން ވަނީ ކަށަވަރުވެފަ އެވެ. މެކްސް މައިލީއަށް ކައިވެނި ހުށައަޅާފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޖަޕާނަށް ކުރި ދަތުރެއްގެ ތެރޭގަ އެވެ.
މިއީ މައިލީ ކުރި ދެވަނަ ކައިވެންޏެވެ. މީގެ ކުރިން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޭނާ ވަނީ އެކްޓަރު ލިއަމް ހެމްސްވޯތުއާ ކައިވެނިކޮށް، 2019 ވަނަ އަހަރުގެ އޮގަސްޓް މަހު ވަކިވެ، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު ވަރިވެފަ އެވެ.
ނަމަވެސް މެކްސްއާއެކު ލިބުނު ހަމަޖެހުމާއި ލޯބީގެ ސަބަބުން ކައިވެންޏާ މެދު އޭނާ ދެކޭ ގޮތް ބަދަލު ވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މި ކައިވެނި މި ކުރީ، މިދިޔަ ސެޕްޓެމްބަރު މަހު މައިލީ ނެރުނު އާ އަލްބަމް "ބާސް ޕާސުއޭޑްސް" އަށްފަހު އެވެ. އެ އަލްބަމްގައި ހިމެނޭ "ލެޓްސް ގެޓް މެރީޑް" ލަވަ އަކީ ވެސް ދެ މީހުންގެ ގުޅުމާ ގުޅުވައިގެން ގިނަ ބައެއްގެ ސަމާލުކަން ލިބުނު ލަވަ އެކެވެ.
ލޯނު ލިބޭ އެންމެ މަތީ އުމުރު 75 އަހަރަށް ވުރެ މަތިކުރަން އެދިއްޖެ
އައިޝްވާރިޔާ ރައްކާތެރި ކުރަން ހަށިފާރަވެރިން ނެގި ކަމަށް ބުނެފި
ދިއްގަރުގައި "އާބަން ފާމިން" މަޝްރޫއު ނިންމާލައިފި