ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޗައިނާ ރައީސާ ޝީ ޖިންޕިންއާ ފޯނުން ގުޅުއްވާ ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމަށް މަޝްވަރާކޮށްފި އެވެ.
ރައީސް ސޯލިހު ކުރެއްވި ޓުވީޓްގައި ވިދާޅުވީ ރާއްޖެ އާއި ޗައިނާއާއި، ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
މިބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ޗައިނާގެ ފަރާތުން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފަ އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާ އާއި ރާއްޖެ އާ ގޮތް ގުޅުމަށް ރައީސް ސޯލިހުގެ ވެރިކަމުގައި ވަނީ ހީނަރުކަމެއް އައިސްފަ އެވެ. ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު މަޝްރޫއުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫއު ސިނަމާލެ ބްރިޖަކީ ވެސް އެ ގައުމުގެ ބޮޑު އެހީއަކާ އެކު ހެދި ބްރިޖެކެވެ.
ނަމަވެސް މިސަރުކާރުން އަންނަނީ އިންޑިއާއެކު އަޑި ނޭނގޭ ގުޅުންތަކެއް ބާއްވަމުންނެވެ. އަދި ރާއްޖޭގައި އިންޑިއާގެ ލޯނުގެ އެހީގެ ދަށުން ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔުމަށް މިސަރުކާރުން ވަނީ ނިންމާފަ އެވެ.
ރައީސް ސޯލިހު ޗައިނާގެ ރައީސްއާއި ފޯނުން ބައްދަލު ކުރައްވާފައިވާއިރު، ރައީސް ވަނީ މިދިޔަ ބުދަ ދުވަހު ރާއްޖެއާއި އިންޑިޔާގެ ތަރައްޤީގެ މަސައްކަތްތަކައި ދެޤައުމުގެ މަސްލަޙަތު ހިމެނޭ މިސަރަޙައްދުގެ ބައެއް ކަންކަމާމެދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަޝްވަރާ ކުރައްވާފަ އެވެ.
ހަފްތާއެއް ނުވަނީސް ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ވަކިކޮށްފި
ގުރައިދޫ ސްކޫލް ކުދިންނަށް ތައުލީމާ ގުޅޭ ހާއްސަ ހަރަކާތްތަކެއް
ޔަމަނުގެ އަދަން އެއާޕޯޓަށް މިސައިލް ހަމަލާތަކެއް ދީފި
