(ޕެރިސް- 2 ޑިސެމްބަރު) އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޮގަނައިޒޭޝަން (އިންޓަޕޯލް) އިން ކޮވިޑް-19ގެ ވެކްސިންއާމެދު ސަމާލުވުމަށް އަންގައިފި އެވެ.

އިންޓަޕޯލް އިން ބުނިގޮތުގައި އެ އިދާރާއިން ވަނީ 194 ގައުމެއްގެ ލޯއެންފޯސްމަންޓް ދާއިރާތަކަށް ކޮވިޑް-19 ވެކްސިންއާ ގުޅިގެން ފާހަގަކުރެވުނު ކަންތައްތަކަށް ސަމާލުވުމަށް އަންގާފަ އެވެ.

އެ އިދާރާއިން ބުނިގޮތުގައި ފުޅާދާއިރާގައި ރޭވިގެން ކުށްތައް ކުރާ ގުރޫޕްތަކުން ކޮވިޑް ވެކްސިން ހޯދުމަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ސެކްރެޓެރީ ޖެނެރަލް ވިދާޅުވިގޮތުގައި މިދަފަ ގުރޫޕްތަކުން ކޮވިޑް-19 ގެ ފޭކް ވެކްސިންތައް ތައްޔާރުކޮށްގެން ވިއްކުމުގެ މަސައްކަތް ވެސް ކޮށްފާނެތީ އެކަންކަމަށް ވެސް ސަމާލުވެތިބުމަށް އެގައުމުތަކުގެ ކަމާއިބެހޭ އިދާރާތަކަށް އަންގާފައި ވެ އެވެ.

"ގައުމުތަކުން ވެކްސިން ދިނުމަށް ތައްޔާރުވަމުން ދާ ވަގުތެއްގައި ކުށްކުރާ ގުރޫޕްތަކުން ވެކްސިން ފޯރުކޮށްދޭ އިދާރާތަކާއި އަދި ވަކިވަކި މީހުންނަށް އެކިގޮތްގޮތުން އެޕްރޯޗް ކުރަމުންގެންދާނެ، މިގޮތުން ފޭކް ވެބްސައިޓް ތަކުންނާއި އެހެނިހެން ގޮތްގޮތުން. މިކަމަށް ދުރާލާތައްޔާރު ނުވެއްޖެނަމަ ނުހަނު ބޮޑެތި ގެއްލުންތަކާއި ކުރިމަތި ލާންޖެހިދާނެ،" އިންޓަޕޯލްގެ ސެކްރެޓެރީ ޖެނެރަލް ޖުއާގެން ސްޓޮކް ވިދާޅުވި އެވެ.--ޗެނެލް ނިއުސް އޭޝިއާ