އިންޑިއާގެ އެންމެ މޮޅު ހަނގުރާމަވެރި ބަތަލު އަދި ފުރަތަމަ ފީލްޑް މާޝަލް ސޭމް މަނެކްޝޯގެ ވާހަކަ ކިޔައިދޭ ބައޯޕިކް "ސޭމް ބަހާދޫރު"ގެ ޝޫޓިން ފަށައިފި އެވެ.

"ސޭމް ބަހާދޫރު" އަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގެ ބަތަލެއް ކަމަށްވާ އަސްކަރީ ވަރުގަދަ އޮފިސަރު ފީލްޑް މާޝަލް ސޭމް މަނެކްޝޯ ނުވަތަ ސޭމް ބަހާދޫރުގެ ވާހަކަ ކިޔަދައިދޭ ފިލްމެކެވެ. ސޭމް މަނެކްޝޯގެ ރޯލު ފެނިގެންދާނީ ކުޅަދާނަ ބޮލީވުޑް އެކްޓަރު ވިކީ ކޯޝަލް އެވެ. މިއީ ވިކީގެ ދެ ވަނަ ބައޯޕިކް އެވެ.

ވިކިގެ ފުރަތަމަ ބައޯޕިކް އަކީ "ސަރުދާރު އުދަމް ސިންގް" އެވެ. އެ ފިލްމަކީ އިންޑިއާގެ މިނިވަން ކަމަށް މަސައްކަތް ކުރި އުދަމް ސިންގްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ.

ނެޝަނަލް އެވޯޑް ހޯދާފައިވާ ވިކީ ގެ ދަވަނަ ބައޯޕިކް ޑްރާމާގެ ޑައިރެކްޓަރަކީ އޭނާ މުހިއްމު ރޯލެއް ކުޅުނު 2018 ގެ "ރާޒީ" ގެ ޑައިރެކްޓަރު މެގްނާ ގުލްޒާރު އެވެ.

https://www.instagram.com/p/Cg_E9BmgXdn/?hl=en

"ސޭމް ބަހާދޫރު" ގެ ޝޫޓިން ފަށައިފައިވާ އިރުގައި ފިލްމް ދެ ބަތަލާ އެއް ފެނިގެންދާނެ އެވެ. އެއީ އެއީ ފާތިމާ ސަނާ ޝައިހާއި ސާނިއާ މަލްއުތުރާ އެވެ. މީ ދެތަރިން އެކުގައި ކުޅޭ ދެވަނަ ފިލްމް އެވެ.