އިންޑިޔާގެ އެންމެ މަގުބޫލުކަން ބޮޑު ތަރިއަކީ ޝައްކެއް ނެތް ގޮތުގައި ރަޖިނީކާންތެވެ.
ތަމަޅަ ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ ރަޖިނީކާންތަކީ އަބަދުވެސް މީހުންނަށް އެހީތެރިވުމުގައި ނަމޫނާ ދައްކާފައިވާ މީހެކެވެ. މިފަހަރު މި ވަނީ އެ ހިދުމަތްތައް ފުޅާކޮށް މުޅިން އެހެން ހަރުފަތަކަށް ގެންދަން ނިންމާފަ އެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރެއްވި މެސެޖުގައި ރަޖިނީކާންތު ވަނީ މިއަންނަ އަހަރު އޭނާގެ އަމިއްލަ ސިިޔާސީ ޕާޓީއެއް އުފައްދަން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ. އަދި މި ޕާޓީއިން އެސެމްބްލީގެ އިންތިހާބުތައް ކާމިޔާބުކޮށް، ކޮރޮޕްޝަނާ ދެކޮޅު، ދެފުށް ފެންނަ ހަމަހަމަ ސިޔާސީ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ބުނެފައިވެ އެވެ.
މި ނޫނަސް އިންޑިޔާގެ ގިނަ ފިލްމީ ތަރިން ވަނީ ދާއިރާ ދޫކޮށް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާން ފަށާފަ އެވެ. އޭގެ ތެރެގައި ސްމްރިތީ އިރާނީ، ހެމާ މާލިނިީ އަދި ކަމާލް ހަސަން ހިމެނެ އެވެ.
އަހަންނަކީ އެހާ މޮޅު އެކްޓަރެއް ނޫން: ސަލްމާން
އިސްތަށިގަނޑު މާ އަވަހަށް ނުރަ ވަނީ މިހެންވެ ކަމަށް ވެދާނެ!
ބޯނަސްގެ ގޮތުގައި ޓޭލާގެ ޓީމަށް 197 މިލިއަން ޑޮލަރު!
