ބޮލީވުޑުގެ ތަރި ބިޕާޝާ ބާސޫ އާއި ކަރަން ސިންގް ގްރޯވާއަށް އަލަތު ދަރިޔަކު ލިބެން އުޅޭކަން ރަސްމީކޮށް އިއުލާނު ކޮށްފި އެވެ.
އެ ދެ ފަންނާނުންނަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން އިއުލާނުކޮށްފައިވާ ވަނީ ކަރަން އާއި ބިޕާޝާ މެޓާނިޓީ ފޮޓޯޝޫޓެއްގެ ފޮޓޯ ތަކާ އެކު އެ މީހުންގެ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި އެވެ.
ބިޕާޝާ އާއި ކަރަން ކައިވެނި ކުރީ 2016 ވަނަ އަހަރުގެ އޭޕްރީލު މަހުގެ 30 ވަނަ ދުވަހު އެވެ.
ކަރަން އާއި ބިޕާޝާ ކައިވެނިކޮށްގެން އުޅޭތާ ހަ އަހަރުވެފައިވާއިރު އެ މީހުން ތިބީ އާ މަރުހަލާއަށް ތައްޔާރުވެގެންނެވެ.
ބިޕާޝާ އާއި ކަރަން ސިންގް ގްރޯވާ ދިމާވެފައިވަނީ 2015 ވަނަ އަހަރު ރިލީޒްކުރި ބޫޝަން ޕަޓޭލްގެ ބިރުވެރި ފިލްމު "އެލޯން" ގެ ޝޫޓިން ތެރެއިންނެވެ.
މި އަހަރުގެ ކުރީކޮޅު ކަރަން އާއި ބިޕާޝާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ. ބިޕާޝާ އޭނާގެ އިންސްޓަގްރާމްގައި އެ ދެ މީހުން ފޮޓޯތައް ވަނީ ހިއްސާކޮށްފަ އެވެ.
ކަރަން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޣުބޫލް ހައި 2.0 އިންނެވެ. ބިޕާޝާ ފެނިގެން ގޮސްފައިވަނީ ޑޭންޖަރަސް އިންނެވެ.