ލަންޑަން (20 އޮގަސްޓް) - އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަންގައި ނުރައްކާތެރި ބައްޔެއް ކަމަށްވާ ޕޯލިއޯ ހަލުވިކަމާއެކު ފެތުރެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ލަންޑަންގެ އިތުރުން އެމެރިކާގެ ނިއުޔޯކްއާއި އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެގައުމުން ދައުވާކުރާ ދާރުއްސަލާމްގައި ވެސް ފާއިތުވި ހަފްތާތަކުގެ ތެރޭގައި ޕޯލިއާ ފެތުރޭ މިންވަރު ވަނީ އިތުރުވެފަ އެވެ.
ޕޯލިއޯއަކީ 20 ވަނަ ގަރުނުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރުނު ނަމަވެސް މިހާރު ކޮންޓްރޯލް ކުރެވިފައިވާ ބައްޔެކެވެ. އާއްމުކޮށް ފަސް އަހަރުން ދަށުގެ ކުދިންނަށް ޖެހޭ މި ބައްޔަކީ ފުރާނައަށް ނުރައްކާކުރާ ބައްޔެކެވެ.
މިހާތަނަށް މި ބައްޔަށް އެއްވެސް ފަރުވާއެއް ހޯދިފައިނުވާއިރު 1950ގެ އަހަރުތަކުގެ ތެރޭގައި ދޭން ފެށި ޕޯލިއޯ ވެކްސިންއާއެކު މި ބަލި ޖެހުން ވަނީ މަދުވެފަ އެވެ.
ސިއްހީ މާހިރުން ބުނާ ގޮތުގައި މިހާރު ފެންނަމުންދާ ކޭސްތަކަކީ ވެކްސިން ނުޖަހާ މުޖުތަމައުތަކުން ފެންނަ ކޭސްތަކެވެ. އެހެން ކަމުން ކުޑަކުދިން ތުއްތުއިރު ޕޯލިއޯ ވެކްސިން ދޭން އެ ބޭފުޅުން ބާރުއަޅުއްވަ އެވެ.
މިވަގުތަށް ބަލާއިރު އެންޑަމިކްއެއްގެ ގޮތުގައި މިބަލި ފެތުރެމުން ދަނީ ހަމެއެކަނި އަފްޣާނިސްތާނާއި ޕާކިސްތާނުގަ އެވެ. -- އަލް އަރަބިއްޔާ
ރެކޯޑެއް: މީހެއްގެ ގައިން 3.1 ކިލޯގެ ބްލެޑާ ސްޓޯނެއް ނަގައިފި
ވިތްހޯލްޑިން ޓެކްސް ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
އާއްމު ފިނި ހޫނުމިނުގައި ވެސް ހަށިގަނޑު ފިނިވެ ހީކަރުވާތަ؟