ޓިވީ ޑްރާމާތަކުން މަޝްހޫރުކަން ހޯދާފައިވާ ދެ ތަރިން ކަމުގައިވާ ގުރްމީތު ޗައުދަރީ އާއި ދެބީނާ ބޮނަރްޖީ މާއަވަހަށް ދެ ވަނަ ދަރިޔަކު ހޯދާތީ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ދެބީނާ އާއި ގުރްމީތަށް ދެ ވަނަ ދަރިޔަކު ލިބެގެން އުޅޭކަން އެމީހުން އިއުލާނުކޮށްފައިވަނީ އެމީހުންގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އެވެ.

ދެބީނާ އާއި ގުރްމީތު ކައިވެނި ކުރީ 2011 ވަނަ އަހަރު އެވެ. ކައިވެންޏަށް 11 އަހަރުގައި އެމީހުންގެ ފުރަތަމަ ދަރިފުޅު ލިބުނީ އޭޕްރިލް މަހުގެ ތެރޭގަ އެވެ.

އަލަތު ދަރިފުޅަށް 4 މަހުގައި ދެބީނާ ދެވަނަ ދަރިފުޅަށް ބަލިވެއިނުމާ ގުޅިގެން ބައެއް މީހުން އަންނަނީ ފާޑުވެސް ކިޔަމުންނެވެ. އެމީހުން ބުނެފައިވަނީ ދަރިފުޅު އެހާ ކުޑައިރު ކުއްޖަކު ހޯދުމަކީ ބުއްދިވެރި ކަމެއް ނޫންކަމަށެވެ.

މިކަމާއި ގުޅިގެން ދެބީނާ ވަނީ ފާޑުކިޔާ ފަރާތްތަކަށް ރައްދުވެސް ދީފަ އެވެ.

https://www.instagram.com/p/ChTuMwPj7ZD/

ފުރަތަމަ ދަރިފުޅަށް އެކަށީގެންވާ ވަގުތު ނުދީ ދެ ވަނަ ކުއްޖެއް ހޯދާތީ އެކަމަށް ފާޑުކިޔާ ފަރާތްތަކަށް ރައްދު ދިނުމުގެ ގޮތުން ދެބީނާ ބުނީ "ޓްވިންސް ލިބުމުން މީހުން ކުރާނީ ކީއްހެއްޔެވެ؟" އެވެ.