އިންޑިއާގެ ކޮންސުލޭޓެއް އައްޑޫ ސިޓީގައި ހެދުމާ ބެހޭގޮތުން މަޝްވަރާ ކޮށްފި އެވެ.
މިކަމާގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވަނީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާއި އިންޑިއާ ސަފީރު ބޭއްވެވި ބައްދަލުވުމުގެ ތެރޭގަ އެވެ.
މިހާރު މާލެ ވަޑައިގެން އުޅުއްވާ އައްޑޫ ސިޓީ ކައުންސިލްގެ ޓީމުގައި ހިމެނޭ އެމްޑީޕީގެ ކައުންސިލަރުންނާއެކު އިންޑިއާ ސަފީރު ބޭއްވެވި މި ބައްދަލުވުމުގައި އައްޑޫގައި ގާއިމްކުރުމަށް ނިންމާފައިވާ ކޮންސުލޭޓްގެ މަސައްކަތް އަވަސް ކުރުމަށް މަޝްވަރާތައް ކުރެވުނު ކަމަށާއި އޭގެ ސަބަބުން އިންޑިއާއާއި ރާއްޖެއާ ދެމެދު އިތުރަށް ގުޅުން ބަދަހިވެ ދެ ގައުމުގެ ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށް މޭޔަރު ނިޒާރު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެ އެވެ. އަދި އިންޑިއާއިން މިހާރު އައްޑޫ ސިޓީގައި ހިންގަމުންދާ މަޝްރޫއުތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށާއި ކައުންސިލްގެ ސްޓާފުންނަށް ތަޖްރިބާއާއި ތަމްރީން ހޯދުމާ ގުޅޭގޮތުންވެސް ވާހަކަ ދެކެވުނު ކަމަށް ނިޒާރު ވިދާޅުވި އެވެ.
އައްޑޫގައި އިންޑިއާއިން ކޮންސުލޭޓެއް ހުޅުވަން އުޅޭކަން ފުރަތަމަ އިއުލާން ކުރީ އިންޑިއާގެ ކެބިނެޓުން އެކަން ފާސްކޮށް އިންޑިއާއިންނެވެ. ދިވެހި ސަރުކާރަށް ވެސް އެނގުނީ އިންޑިއާގެ ނޫސްތަކުން އެވާހަކަ ދެއްކުމުންނެވެ.
އޭގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް އެކަން އެނގިވަޑައިނުގަންނަވަ އެވެ.
އައްޑޫގައި އިންޑިއާގެ ކޮންސުލޭޓެއް ގާއިމްކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައިވަނީ ހިޔާލު ތަފާތު ވެފަ އެވެ.
ސުވައިދީވް އަފީފްގެ ބަދަލްގައި މިފަހަރު މޭޔަރު ނިޒާރް ބޯކާލައިގެން ހަމަ ސުވައިދީވް ގެންނަންބާ މިއުޅެނީ !
އަނެއްކާ ސުވައިދީވް ހަދަނީ މިފަހަރު މޭޔަރު ނިޒާރް ބޯކާލައިގެން އިގިރޭސި އިންޑިޔާ އަޑީގައި ތިބެގެން އިގިރޭސިން ނަކީ އިންޑިޔާގައި ޤާދިޔާނީން އުފައްދައިގެން މުސްލިމުން ބައިބައިކޮށް އިސްލާމީ އުންމަތި ފަސާދަ އުފެއްދި މީހުން ހިންދުންނާއި ބައިވެގެން ! މިއަދު ރާއްޖޭގައި އެމްޑީޕީ އުފައްދައިގެން ރާއްޖެ ބައިބައި ކުރަނީވެސް ހަމަ މިމީހުން !