ޗައިނާ (04 ޑިސެމްބަރު) - މީގެ 50 އަހަރު ކުރިން ހަނދުގައި އެމެރިކާއިން އެގައުމުގެ ދިދަ ބެހެއްޓިފަހުން، ޗައިނާއިން އެ މީހުންގެ ދިދަ ހަނދުގައި ބަހައްޓައި، ދެވަނައަށް ހަނދުގައި ދިދަ ބެހެއްޓި ގައުމުގެ ޝަރަފް ހޯދައިފި އެވެ.

ޗައިނާގެ ނޭޝަނަލް ސްޕޭސް އެޑްމިނިސްޓެރޭޝަން އާންމުކުރި ފޮޓޯއެއްގައި ފެންނަގޮތުން ފަސް ތަރި ފެންނަ ޗައިނާގެ ރަތް ދިދަ ހަނދުގައި ބަހައްޓާފައި ހުންނަތަން ފެނެ އެވެ.

މި ފޮޓޯ ނަގާފައިވަނީ ޗައިނާގެ ޖައްވީ އުޅަނދު ޗެންގްއޫ - 5 ހަނދަށްކުރި ދަތުރު ނިންމާލުމަށްފަހު ފުރަމުންނެވެ. މި ދަތުރުގައި ހަނދުން ވެއްޔާއި ގަލުގެ ސާމްޕަލް ދުނިޔެއަށް ގެންނާނެ އެވެ.

ޗައިނާއިން ހަނދުގައި ބެހެއްޓި ދިދައަކީ ދެ މީޓަރު ފުޅާ، 90 ސެންޓިމީޓަރު ދިގު އަދި ބަރުދަނުގައި ކިލޯގްރާމެއް ހުންނަ ދިދައެކެވެ. އަދި މި ދިދައިގެ އުފައްދާފައިވަނީ ގަދަ ފިނިން ރައްކާތެރިކޮށްދޭނެ ގޮތަކަށެވެ.

އެންމެ ފުރަތަ ހަނދުގައި ދިދައެއް ބެހެއްޓީ އެމެރިކާއިން 1969 ވަނަ އަހަރު އެޕޯލޯ މިޝަންގަ އެވެ. -ބީބީސީ