އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ބުރައްމަސްތުރާ" ގެ ޕްރޮމޯޝަންގެ ތެރެއިން އާލިއާ ބަޓް "ވަރަށް ފަލަވެއްޖެ" ކަމަށް ބުނެ ރަންބީރު ކަޕޫރު ކުރި ކޮމެންޓަށް އޭނާ މާފަށް އެދިއްޖެ އެވެ.

ރަންބީރު އާއި އާލިއާ އެކުގައި ފެނިގެންދާ "ބުރައްމަސްތުރާ" އަންނަ މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު އެފިލްމު ޕްރޮމޯޓް ކުރުމަށް އެދެ ފަންނާނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި އާލިއާ އާއި ރަންބީރު ކުރިއަށް ގެންދިޔަ އިންސްޓްގަރާމް ލައިވެއްގައި ރަންބީރު ވަނީ އޭނާގެ އަންހެނުން އާލިއާ މިހާރު ވަރަށް ބޮޑަށް ފަލަވެއްޖެ ކަމަށް ބުނެ ކޮމެންޓެއް ކޮށްފަ އެވެ.

މިކަމާއި ގުޅީގެން ގިނަ ބައެއްގެ ފާޑުކިޔުމާއި ރަންބީރު ކުރިމަތިލާން ޖެހުނެވެ.

ވަކިން ހާއްސަކޮށް އާލިއާ އިނީ ބަލިވެކަމުން އެއީ ކޮންމެ އަންހެނަކަށް ވެސް ހަށިގަނޑަށް ބަދަލުތަކެއް އަންނާނެ ކަމަކަށްވާތީ އެކަމަށް ޖޯކް ޖެހުން ބަލައެއް ނުގަނެވޭނެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން އިންޓަވިއުއެއްގައި އަންހެނުން އާލިއާ ބަޓް މިހާރު ވަރަޑް ފަލަ ކަމަށް ބުނެ ރަންބީރް ދެއްކި ވާހަކަތަކާ ގުޅިގެން މާފަށް އެދެން ޖެހިއްޖެ އެވެ.

ޗެންނާގައި ބޭއްވި "ބުރައްމަސްތުރާ" ޕްރޮމޯޝަން ހަރަކާތެއްގައި ރަންބީރު ވަނީ އާލިއާ ބެހޭ ގޮތުން ދެއްކި ވާހަކަތަކަށް ސަޕޯޓަރުން ކިބައިން މާފަށް އެދިފަ އެވެ.

"އަހަރެން އާލިއާ ދެކެ ވަރަށް ލޯބިވޭ. އެއީ މަޖަލަކަށް ދެކި ވާހަކައެއް. މަލާމަތް ކުރުމަކީ އަހަރެންގެ ނިޔަތެއް ނޫން. އެކަމާ އާލިއާ ވާހަކަ ދެއްކިން" ރަންބީރު ބުންޏެވެ.

https://www.instagram.com/p/Cg6gAb-PjQb/?hl=en

އޭނާ ބުނީ އާލިއާ ފަލަކަމަށް ބުނީ އެއްގޮތަކަށް ވެސް ސީރިއަސް ވާހަކައެއް ގޮތުގައި ނޫން ކަމަށެވެ. އަދި އެކަން އާލިއާ އަށް ވެސް އެނގޭނެ ކަމަށާއި އެ ވާހަކަ މީޑިއާތަކުން ބޮޑުކޮށްލައިގެން ގެނެސްދިނުމުން އެކަމާ ދެ މީހުން އަމިއްލަ އަށް ހީ ހެދި ކަމަށް ވެސް އޭނާ ބުންޏެވެ،

އަޔާން މުކަރުޖީ ޑައިރެކްޓްކުރާ އެ ފިލްމަކީ ފަސް އަހަރުގެ މަސައްކަތެކެވެ.

https://www.instagram.com/p/ChZNIDIAzI2/?hl=en

ދަރްމާ ޕްރޮޑަކްޝަންގެ މިފިލްމު އަންނަ ސެޕްޓެމްބަރު 9 ގައި ރިލީޒްކުރާއިރު އެ ފިލްމަކީ ބޮޑު ބަޖެޓަކާ އެކު ކުރި ބޮޑު މަސައްކަތެކެވެ.

އެ ފިލްމު ފަސް ބަހަކުން ރިލީޒްކުރާނެ އެވެ. އޭގެ ތެރޭގައި ހިންދީ، ތަމަޅަ، ތެލުގޫ، މަލަޔާލަމް އަދި ކަންނަޑާ ބަސް ހިމެނެ އެވެ. އެ ފިލްމުގައި ރަންބީރާއި އާލިއާގެ އިތުރަށް އަމީތާބު ބައްޗަން އާއި މޯނީ ރޯއީ ވެސް ފެންނާނެ އެވެ