މާލެގެ މިނީ ބަސް ހިދުމަތް ފެއްޓުމަށްޓަކައި މަޖީދީ މަގާއި އަމީނީ މަގުގައި އިތުރު ޕާކިން ޒޯނުތަކެއް ހެދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.

މާލެ ސިޓީ ކައުންސިލުގެ އޮފިޝަލަކު ވިދާޅުވީ މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް މާލޭގެ ބައެއް މަގުތަކުން ޕާކިން ޒޯން ހުސްކޮށްފައިވާތީ މަޖީދީ މަގާއި އަމީނީ މަގުގައި އިތުރު ޕާކިން ޒޯނުތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމަށް މާލޭގެ އެންމެ ކާރޫބާރޫ ބޮޑެތި ބައެއް މަގުތަކުގައި ވަނީ ޕާކްކުރުން މަނާކޮށްފަ އެވެ. އޭގެ ތެރޭގައި އަމީނީ މަގާއި ފަރީދީ މަގާއި އޯކިޑްމަގާއި އަމީނީ މަގު ހިމެނެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ އަމީނީ މަގުން މާފަންނު ސްޓޭޑިއަމް ސަރަހައްދުގެ އެއް ބައިގައި ޕާކިން ޒޯން ހަދަމުން އަންނަ ކަމަށެވެ. އަދި އެ ޒޯނު ހާއްސަ ކުރާނީ މިހާރު އެ ސަރަހައްދުގައި ޕާކު ކުރަމުން އަންނަ ވެހިކަލްތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ބުނީ މާލެގެ މިނީ ބަސް ޚިދުމަތް ފެއްޓުމަށް މާލެ ސިޓީ އެކި ސަރަހައްދުތަކުގަ ޕާކިންގ ޒޯންތައް ހެދުމުގެ މަސައްކަތުގެ ތެރެއިން އަމީނީމަގު ޓްރެފިކް ޕޮލިސް ކައިރިން ވަނީ ޕާކިން ޒޯނެއް ހަދާ، އެ ސަރަހައްދެގެ ކޮންކުރީޓް މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށެވެ.

އަމީނީ މަގުގެ އިތުރުން މަޖީދީ މަގުގައިވެސް ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ފަށަން ސިޓީ ކައުންސިލުން ދަނީ ތައްޔާރުވަމުންނެވެ. މަޖީދީ މަގުގައި ޕާކިން ޒޯން ހަދަނީ ހެންވޭރުކޮޅުން މުނި އުފާ ހުންނަ ސަރަހައްދާއި އަދިވެސް އިތުރު ބައެއް ތަންތަނުގަ އެވެ.

މަޖީދީ މަގުގައި މިހާރުވެސް ވަނީ ތިން ޕާކިން ޒޯނެއް ހަދާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާފަންނު ސަރަހާ ކައިރި އާއި ބިއްލޫރިޖެހިގެ ހިންގި އިމާރާތާ ޖެހިގެން އޮންނަ ހުސް ބިން އަދި ހީނާމާގެ ޕާކިން އެވެ. އަމީނީ މަގުން އެ ގޮތަށް ހަދާފައި ވަނީ ފުޑް ކޯޓް ސަރަހައްދާއި ފިނޭންސް މިނިސްޓްރީ ކައިރި އާއި ބިލަބޮންގް ސްކޫލު ކުރިމަތިން ކަހަލަ ގޮތަކަށް އޮންނަ ހުސް ބިމުގައި ހަދާފައިވާ ޕާކިން ޒޯނާއި ކޭއެފްސީ ކައިރީގައި އޮންނަ ޕާކިން ޒޯނެވެ.

މާލޭގައި މިނީ ބަސް ފެށުމަށް ތައްޔާރުވަމުންދާއިރު، އެ ހިދުމަތް ފެށޭނެ ސީދާ ދުވަހެއް ނޭނގެ އެވެ.