ރާއްޖޭގައި ޖުމްލަ 45އަށް ވުރެ ގިނަ މީހުންނާއެކު އެއްޖިންސުން ގުޅުން ހިންގާފައިވާނެ ކަމަށް ބަންގްލަދޭޝްގެ އަލަމް ގީރް ބުނެފި އެވެ.
އަލަމްގީރް ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާން ސޯޝަލް މީޑިއާގައި ވަނީ ލީކްކޮށްލާފަ އެވެ. އެ ބަޔާނުގައި 45 އާއި 50 އާ ދެމެދުގެ މީހުންނާއެކު އެއް ޖިންސުން ގުޅުން ހިންގާފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ.
ހައި ޕްރޮފައިލް އެތައް ބަޔަކާއި ސިފައިންނާއި ފުލުހުން އަދި ވެސް ގިނަ އަދަދެއްގެ ދިވެހިންނާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި އަލަމްގީރު ބުނިގޮތުގައި ދިވެހީންގެ އިތުރުން ބަންގްލަދޭޝާއި ސްރީލަންކާގެ މީހުންނާއެކު ވެސް އޭނާ އެއްޖިންސުން ގުޅުން ހިންގާފައިވާނެ އެވެ.
އެއްޖިންސުން ގުޅުން ހިންގުމަށްފަހު އެ ވީޑިއޯތައް ރެކޯޑް ކުރީ އަމިއްލަ ހިތްހަމަޖެހުމަށް ފަހުން އެ ވީޑީއޯތައް ބެލުމަށް ކަމަށާއި އެއީ ބްލެކްމެއިލް ކުރުމަށް ކުރި ކަމެއް ނޫން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
އަލަމްގީރު ބުނީ އެންމެ ފުރަތަމަ އޭނާއާ އެކު އެއްޖިންސުން ގުޅުން ހިންގީ ގާތްގަނޑަކަށް އުމުރުން ހަތް އަހަރުގައި ބަންގްލަދޭޝްގައި އުޅުނު އިރު، އަވަށްޓެރި ފިރިހެނެއް ކަމަށެވެ. އެ މީހާ އޭނައާ އެކު އެއްޖިންސުން ގުޅުން ހިންގީ ގަދަކަމުން ކަމަށް ވެސް އަލަމް ގީރު ބުންޏެވެ.
އޭގެ ފަހުން އުމުރުން 10 އަހަރުގައި ރައްޓެހީންނާއެކު އެއްޖިންސުން ގުޅުން ހިންގަމުން އައި ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. އޭނާ ރާއްޖެ އައީ 2018 ވަނަ އަހަރުގެ ތެރޭގައި ކަމަށާއި އެ އަމަލު ހިންގާ މީހުންނާ މުއާމަލާތް ކުރީ އެކަމަށް ހާއްސަ މޮބައިލް އެޕްލިކޭޝަނަކުން ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ މާލޭގައި ދިރިއުޅުނު ގެއަށް އެއްޖިންސުން ގުޅުން ހިންގާ މީހުން ގެންގިސްފައިވާނެ ކަމަށާއި އެކަން ކުރީ ފައިސާއަކަށް ނޫން ކަމަށް ވެސް އަލަމްގީރު ބުނެފައިވެ އެވެ.
އަލަމްގީރް ބުނެފައި ވަނީ އޭނާ ދެކެ ވާ ލޯބިން ބައެއް މީހުން ފައިސާ ދީފައިވާ ކަމަށާއި އެގޮތަށްދޭ ފައިސާ ބައްޕައަށް ފޮނުވާފައިވާނެ ކަމަށެވެ. އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރެއިން އޭނާ ދަންނަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރު ކަމަށް ވެސް އޭނާ ބުންޏެވެ. ޖިންސީ ގުޅުން ހިންގުމަށް ބޭނުންކުރާ އާލާތްތައް ވެސް ނާޒިމް ސައްތާރު އޭނާއަށް ހަދިޔާ ކޮށްފައިވާ ކަމަށް ވެސް އަލަމްގީރް ބުނެފައިވެ އެވެ.
އަލަމްގީރްގެ ބަޔާން ލީކްވެފައި މިވަނީ މަދަމާ ހަވީރު ކްރިމިނަލް ކޯޓުގައި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ތާވަލްކޮށްފައި ވަނިކޮށެވެ. އެ ބަޔާން ލީކްވިގޮތެއް އަދި ނޭނގެ އެވެ.
އެހެންވީމާ ގިރި ދެކެ އެންމެ ލޯބިވީ ނާޒިމް ޢަބްދުއްސައްތާރު ދޯ. އެންމެ ގިނަ ހަދިޔާ ދިނީ އޭނަ ވިއްޔަ. ތި ގިރި އަކީ އަނެއްކާ އަންހެނެތްތަ
ހަށި ވިއްކަމުން ދުވާ މީހެއްތޯ !